Thursday, 18 April 2024
ވިލާ ޓީވީ (ވީޓީވީ) އިން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕްރޮގްރާމުގައި

ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރޭ: ޤާސިމް

ޖުމްހޫރީ ޕާޓީއާ އެކީގައި ހަދާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ، ވިލާ ޓީވީ (ވީޓީވީ) އިން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕްރޮގްރާމުގައި ހުކުރު ދުވަހުގެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކީގައި ހަދާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އެމަނިކުފާނު މަޑުން ހުންނަވަނީ ޤާނޫނާއި އެއްގޮތަށް ކަންކަން ކުރޭތޯބަލަން ކަމަށެވެ. އެހެން ނަމަވެސް، މުހިންމު ކަންތައްތައް ނުކޮށް ދޫކޮށްލައި ނުވިތާކަށް ބޮޑެތި ހިޔާނާތްތައްވަމުން އަންނަކަމުގެ ކަންބޮޑުވުން ޤާސިމް ފާޅުކުރެއްވިއެވެ.

ޤާސިމް އެއިޝާރާތްކުރެއްވީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި މަދަދާއެކު ރާއްޖޭގައި ފުރަތަމަ ޤާއިމްކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމާއި، އޭގެފަހުން ޤާއިމްކުރި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ވެރިކަމުގެ އިތުރުން، މިހާރު މިއޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިސްވެ ހިންގާ ކޯލިޝަން ސަރުކާރަށެވެ.

ޤާސިމްވަނީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓިދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

“އަޅުގަނޑުމެންނާ އެކީގައި ހެދިފައިވާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށްވެސް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އަޅުގަނޑުމެން މަޑުން ތިބެނީ ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން. އޭތެރޭގައި ގާނޫނާއި އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ހިފޭއްޓިގެން ދާނެ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން ދާނެކަން ހަމަކަށަވަރު. މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ވާތީ އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް މިކުރަނީ. މިކަންކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓިދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން”

ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ޤާނޫނާ އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ހިފަހައްޓަންޖެހޭ ކަންތައްތަކެއް ހިމެނިގެން ދާނެކަން އެމަނިކުފާނަށް ހަމަކަށަވަރު ކަމަށެވެ.

މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއްކަމުގައި ދޭކެވަޑައި ގަންނަވާކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 5، ޤާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗުކުރީ އެކަމަށްޓަކައި، ޖުމްހޫރީ ޕާޓީގެ މައި ހެޑްކުއާޓަރު މާފަންނު ކުނޫޒުގައި މިމަހުގެ ކުރީކޮޅު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *