އައިއޯއައިޖީ 2023: ނަބާ އާއި ނަބީއަށް ރަން މެޑަލް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ޑަބަލްސްއިން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރަން މެޑަލް ހޯދައިފިއެވެ.

މިއަދު ކުޅުނު ފައިނަލްގައި ނަބީ އާއި ނަބާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ލޯނާ ބޯޑާ އަދި ކޮބިޓާ ދޫހީގެ ޕެއާއާއެވެ. ފައިނަލް މެޗު ނަބީ އަދި ނަބާ  ސީދާ ދެ ސެޓުން ކާމިޔާބު ކުރީ، ނަބީ އާއި ނަބާ ކާމިޔާބުކުރީ 25-14 އަދި 25-15 އިންނެވެ.

އަންހެން ސިންގަލްސްގެ ފައިނަލުގައި ނަބާ ވަނީ ވާދަކޮށްފައެވެ. ފައިނަލްގައި ނަބާ މޮރިޝަސްގެ ކޭޓް ލުޑިކާއާ ވާދަކުރިއިރު، އެ މެޗުން ބަލިވީ ސީދާ ދެ ސެޓުން، 21-13 އަދި 21-19 އިންނެވެ. ފައިނަލުން ބަލިވުމުން، އަންހެން ސިންގަލްސްއިން ނަބާއަށް ވަނީ ރިހި މެޑަލް ލިބިގެން ގޮސްފައެވެ.

މިއަހަރުގެ ގޭމްސްގައި ބެޑްމިންޓައިން ރާއްޖޭގެ ކުޅުންތެރިން ވަނީ ހަތް މެޑަލް ހޯދާފައެވެ. އަދި އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމްލަ 27 މެޑަލް ހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު