16 ފެބުރުވަރީ 2025

ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުމެއް ނުވޭ: ފާރިސް

ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ތާރީޚް ތަކުރާރު ނުކުރައްވާނެ ކަމަށް، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެނޑިޑޭޓުންގެ ސަންގު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ، ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ތާރީޚް ތަކުރާރު ނުކުރައްވާނެ ކަމަށެވެ.

އަދި ހަމައެއާއެކު އިންތިހާބުގައި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހުރަގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ޑިމޮކްރެޓިކްސް ޤައުމެއްގައި ކަންކުރާނެ ގޮތެއް ނޫން ކަމަށާއި އޭނަގެ ވެރިކަމެއްގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ވަކި ބޭފުޅަކު ތިމަންނަ އާއި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހުރަގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ތަސައްރަފް ފުދިފައި އޮތް ޑިމޮކްރެޓިކް ޤައުމެއްގައި ކަންކުރާނެ ގޮތެއް ނޫން."

ފާރިސް ވިދާޅުވިއެވެ.

ޖިނާއީ ނިޒާމު ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަން ފާހަގަކުރައްވަމުން، ފުލުހުންގެތެރެއިންވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށްވެސް ކޯޓުތަކުގެ ތެރެޔަށްވެސް ނުފޫޒު ވަންނަ މައްސަލައަކީ މައްސަލައެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، ރާއްޖެއިން މިހާރު ފެނިގެންދާ މަންޒަރަކީ ބާރުގެ ބޭނުންކޮށްގެން ޖުޑީޝަރީ އާއި އެހެނިހެން މުއައްސަތަކަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށާއި އޭނާގެ ވެރިކަމެއްގައި އެހުރިހާ މުއައްސަސާތައް މިނިވަންކޮށް، ހުރިހާ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުުސަތު ހޯދައިދޭނެކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުންނަށް އިއްވަމުންދާ ހުކުމްތަކަކީ ހަލާލް ހުކުމްތަކެއް ކަމަކަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރޭ.  އެކަން އިސްލާހު ކުރަންޖެހޭ އެބަޖެހޭ."

ފާރިސް ވިދާޅުވިއެވެ.

ވެރިކަން ކުރުމުގެ ފުރުޞަތު ލިބިއްޖެނަަމަ، ފޯރުވަމުންދާ ބާރުތައް ދޫކޮށްލައި، ކޯޓުތައް މިނިވަން ކުރުމާއެކު، ފުލުހުންގެ ތެރެޔަށް ސިޔާސީ ނުފޫޒުތައް ވަންނަ މަގުތައް ބަނދުކުޮށް، ޕީޖީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު