25 ޖަނަވަރީ 2025
ރިޔާސީ ކެންޑިޑޭޓުންގެ "ސަންގް ބަހުސް" ގައި

ރިޔާސީ ބަހުސް: އިލްޔާސްގެ ސަރުކާރެއްގައި، ކެބިނެޓުން ފެށިގެން %30 ޙިއްސާ ޒުވާނުންނަށް

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓުން ފެށިގެން ސަރުކާރުގެ ހުރިހާ ހިސާބެއްގައިވެސް މަދުވެގެން %30 ޙިއްސާ ޒުވާނުންނަށް ކަށަވަރުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި ޒުވާނުންނަށް ހުށަހަޅުއްވާ ސިޔާސަތު އޮޅުންފިލުއްވައިދެއްވަމުން އިލްޔާސް ލަބީބް ވިދާޅުވީ ޑިމޮކްރެޓުންގެ އަމާޒަކީ ދެކޮޅުޖެހޭ ބިޒްނަސް ޕްރޮޕޯޒަލްއެއް ހިފައިގެން އަންނަ ކޮންމެ މީހަކަށް ވިޔަފާރިއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ.

"އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެންމެ އެއްޗެއް ނެތަސް، ޕްރޮޕޯޒަލް ދިނީމާ 15 ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ގޮތް ހަދައިދޭނަން،" ޑިމޮކްރެޓުންގެ ފަސޭހަވިޔަފާރި ސިޔާސަތަށް އަލިއަޅުއްވާލައްވާ އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ ފަސޭހަވިޔަފާރި ސިޔާސަތުގެ ދަށުން، ލައިޓް މެނުފެކްޗަރިންގް އާއި ވެލިއު އެޑިޝަނަށް ބޭނުންވާ ޕްރޮސެސިންގް އިންފްރާސްޓްރަކްޗާރ ޤާއިމުކުރުމާއި، އެކަމަށް ބޭނުންވާ އިކުއިޕްމަންޓާއި، މެޝިނަރީ އަދި ކޮންސިއުމަބަލްސްއިން ޑިއުޓީ ކަނޑާލުމާއި، ޕޭޕާލްފަދަ އިންޓާރނޭޝަނަލް ޕޭމަންޓް ގޭޓްވޭތައް ތަޢާރަފުކުރުމާއި، އަމިއްލަ މަސައްކަތްކުރާ (ފްރީލާންސަރުން، މަސްވެރިން ފަދަ) މީހުންނަށް ލޯނަށް ޝަރުތު ހަމަވުންފަދަ ބޭންކިންގް ޚިދުމަތްތަކާއި ޕެންޝަން ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.

ދިވެހި ޒުވާނުންގެ ކަރުގައި މަޅިއެއް ޖަހާފައި ތިބޭ ތަން ކަމަށާއި، އެވަޒީފާގެ ބަދަލުގައި "އެކުދިން ތާށިކޮށްފައި، އެކުދިންގެ ޢާއިލާ، ބެލެނިވެރިން ތާށިކޮށްފައި ތިބޭ ތަން" ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި ޒުވާނުން ވަޒީފާގެ އަޅުވެތިކަމުން މިނިވަން ކުރާނެ ކަމަށެވެ.

"ފަރުދުންގެ ފުދުންތެރިކަން – އަބުރުވެރި ޙަޔާތެއް" ގެ ޝިޢާރުގެ ދަށުން ޑިމޮކްރެޓުން ރިޔާސީ އިންތިޚާބު 2023 އަށް ނެރެފައިވާ މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ޖީބަށް، ގޭބީސީތަކަށް ވަންނަ އާމްދަނީގެ މިންވަރު 5 ގުނަ ކުރުންކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް. އެ އިތުރު ކުރަން ޖެހޭ. އަޅުގަނޑުމެން އިރާދަކުރެވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން، ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން،" ކެންޑިޑޭޓް ނަންބަރު 7، އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު