ރިޔާސީ ބަހުސަށް ފަހު، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫނުގެ ނަންފުޅު ސޯޝަލް މީޑިއާގައި ތައުރީފުން ގުުގުމާލައިފިއެވެ.
ސަންގު ޓީވީ އާއި ގިނަ މީޑިއާތަކެއް ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި ރޭ ފާރިސް ދެއްކެވި ސާބިތުކަމާއި، ބަހުސްގައި ދެއްކެވި ވާހަކަތަކަށް ބަލައި މީގެ ކުރިން ވޯޓް ލުމަށް ވަކި ގޮތެއް ނިންމާފައިވާ ފަރާތްތަކާއި ވޯޓުލާން ވަކިގޮތެއް ނިންމާފައި ނުވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާއިރު، ބަހުސްގައި އެންމެ ޢިލްމީ ވާހަކަތަކެއް ދައްކާފައިވަނީ ފާރިސް ކަމަށް ދަނީ ހާމަކޮށް އަޑުއުފުލަމުންނެވެ.
މާލެ ތަރައްޤީކުރުމުގައި އިސްކަން ދެއްވާނެ ގޮތްތަކާއި ސިޔާސަތަކީ، މުޅި ރާއްޖެއަށް ތަރައްޤީ އަންނާނެ ދުރުވިސްނުމެއްގެ ޕްލޭން ކަމަށް ފާރިސް ފާހަގަކުރައްވާފައިވުމަކީ، ވޯޓެއް ހޯދައި އިންތިޚާބެއް ކާމިޔާބުކުރުމަށްވުރެ، އިޚްލާސްތެރި ހިތަކުން ބަޔާންކޮށްފައިވާ ވާހަކަތަކެއް ކަމަށް ގިނަ ފަަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، މާކްސް ޝީޓްތައް ތައްޔާރުކޮށް ފާރިސްއަށް ވަނީ ބަހުސްގެ އެއްވަނަ އަރުވާފައެވެ.
My unbiased “Riyaasee Bahus” marks sheet! pic.twitter.com/KFwDn3UYNm
— Munco 🔴 (@muncco) September 2, 2023
މާލެ ތޮއްޖެހިފައިވާ އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރާ ހަބްތަކަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން ގެނުވާނެ ކަމެއް ކަމަށް ފާރިސް ވިދާޅުވާ ވިދާޅުވުމަށްވެސް ގިނަ ބަޔަކު ދަނީ ތަޢުރީފްގެ ބަސްތައް ރައްދުކުރަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއްް ގެންނަވާނެ ކަމަށް ފާރިސް ވިދާޅުވަމުން ދަަނީ ތަސައްވުރެއް އޮވެގެން، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބައްލަވައިގެެން ހުސް ވަޢުދެއް ކަމުގައި ނޫންކަމަށް ވެސް ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ކަމަށްވެސް ދަނީ ސޯޝަލް މީޑިޔާގައި އަޑުއުފުލަމުންނެވެ. ރޭ ބޭއްވި ބަހުސަށް ފަަހު ވަނީ އެފަރާތްތަކުން ވޯޓް ލާނީ ފާރިސްއަށް ކަމަށާއި، އިޤްތިޞާދުގެ ޙަޤީޤަތް ދެނެވަޑައިގަންނަވާ އާޖުފާޖު ދަންނަ ލީޑަރަކީ ފާރިސް ކަމަށް ސިފަކޮށްފައެވެ.
Yes @afarismaumoon Mithan anekka develop kuranee keehkuran hey, Ehen sarahadhdhuthah develope kuranvee 👍
DECENTRALIZE kuran vee. Quick fix akun Dhaaimee halleh nulibeyne #Riyaseebahus2023 molhuvee Faris 👏👏👏— Abdulla Atheef (@atheefabdulla) September 2, 2023
ފާރިސްއަށް ލިބިފައިވަނީ ބަހުސަށް ފާހަގަކުރެވޭ ފަދަ އާދަޔާ ޚިލާފު ކާމިޔާބެއް ކަމަށް ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ކުރިޔަށްއޮތް ފަސް އަހަރު ފޮރިން ޕޮލިސީ ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ފާރިސް ވިދާޅުވީ ބޭރު ގައުމުތަކުގެ ދިދަ ހިފައިގެން ތިބޭ ޕާޓީތަކުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އިސްރާއީލް ނޫން އެހެން ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހި ކުރާނެ ކަމަށެވެ.
if we are voting right after this debate, @afarismaumoon is winning a landslide victory. No? #SanguBahus
— މެރިހާނާ (@Merihana) September 2, 2023
ފާރިސްއަށް ދޭނެ ޖަވާބު އެނގިވަޑަައިގަންނަވައެވެ. ކޮންމެ ކަމެއްގެވެސް ޙައްލު އެނގިވަޑައިގަންނަވައެވެ. ސިޔާސަތުތައް ބައްޓަން ކުރައްވާނެ ހަމަ އެނގިވަޑައިގަންނަވައެވެ. ހުއްޓުމެއް ނާރައެވެ. ފާރިސް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހުރިހާ ގައުމަކާއި ވެސް ގުޅުން އޮންނާނީ އެއް ހަމައަކުން ކަމަށެވެ.
Faris has answers, others has something to say
— Musal (@FoniLunbo) September 2, 2023
ސޯޝަލް މީޑީއާގައި އަޑު އުފުލަމުންދާ އެތައް ޒުވާނުންނެއް ބުނަމުންދަނީ ފާރިސް ވާހަކަފުޅު ދައްކަވަނީ "ފެކްޓްސް" އަށް ބައްލަވައިގެން ކަމަށެވެ.
ޙަޤީޤީ އަސްލަށް ވާހަކަ ދައްކަވައި ފާރިސް ވިދާަޅުވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއަކީ ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތެއްހުރި ދާއިރާއެއްކަމަށެވެ. އެގޮތުން އާސަންދައަކީ ކޮރަޕްޝަންގެ ބޮޑު ހާއްޔެއްގެ ގޮތުގައި ސިފަކުރައްވާ ފާރިސް ވަނީ ނާޖާއިޒްގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން އާސަންދަ ފައިސާ ބޭނުންކުރާކަމަށް ތުހުމަތުކުރައްވާފައެވެ. ފާރިސް ވިދާޅުވީ ނަހަމަގޮތުގައި ފައިސާ ނެގުން ހުއްޓުވައި ރައްޔިތުންނަށް ދެފުއްފެންނަ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
Faris speaking facts.
— FITHURA🐢 (@msfifi_) September 2, 2023
ރިޔާސީ ބަހުސަށް ފަހު، ސައިލެންޓް މެޖޯރިޓީގެ ހިތްތައް ވަނީ ފާރިސް ފަތަހަ ކުރައްވާފައެވެ. ވޯޓްލާންވީ ފާރިސްއަށް ކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ. ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ފާރިސްއަށް ދޭ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށް ދަނީ ބުނަމުންނެވެ. އިންތިޚާބުގައި ކާމިޔާބު ވުމަކީ އަދި އެހެން ކަމެކެެވެ.
The silent majority is going to lift Faris higher than most think. You might not win with the current mentality of majority but you have made a mark! @afarismaumoon
— Drumwaru (@mnwar_ab) September 2, 2023
މި ޒުވާނާވެސް ބުނަނީ ބަހުސަަށްފަހު، ފާރިސްއަށް ވޯޓްލާން ނިންމައިފިކަމަށެވެ. މިއަދު ފާރިސްއަށް އޮހެމުންދާ ތައުރީފްގެ ބަސްތަކަކީ ހަމަ ގައިމުވެސް ފާރިސްގެ ދޫފުޅުން ވިދާޅުވި ބަސްފުޅުތަކުގައި ހުރި ހަރުދަނާ ކަމުގެ ނަތީޖާއެވެ. އެހެނީ، ފާރިސް ވިދާޅުވީ ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެއްބަސްވާ ހަރުދަނާ ސިޔާސަތެއް ކަނޑައެޅިގެން ކަމަށެވެ. ސިޔާސީ ވިސްނުން އެއްކިބާކޮށް ގައުމު ގެންދަން ބޭނުންވާ މިސްރާބު ކަނޑައަޅަން ޖެހޭކަމަށް ފާރިސް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމަށް ފާރިސް ވިދާޅުވިއެވެ.
After watching the presidential debate, I'm all in for @afarismaumoon! 🙌🏻
What we’re looking for is a leader who can run the country right, with no corruption nonsense.
We don’t need freebies!!!!
— Mohamed Fauzaan (@BlakHowl) September 2, 2023
ސޯޝަލް މީޑިޔާގައި އަޑުއުފުލައްވަމުން ގެންދަވާ މަޝްހޫރު ބޭބޭފުޅުން ފާރިސްއަށް ރޭގެ ބަހުސްއަށްފަހު ދީފައިވަނީ އެއް ވަނައެވެ. އެހެނީ، ފާރިސް ވަކާލާތު ކުރައްވަމުން ގެންދަވަނީ، ޙައްޤު ބަސް އިވުމުގައެވެ. ރާއްޖެއިން މިހާރު ފެނިގެންދާ މަންޒަރަކީ ބާރުގެ ބޭނުންކޮށްގެން ޖުޑީޝަރީ އާއި އެހެނިހެން މުއައްސަތަކަށް ނުފޫޒު ފޯރުވުންކަމަށް ތުހުމަތުކުރައްވާ ފާރިސްވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެހުރިހާ މުއައްސަސާތައް މިނިވަންކޮށް، ހުރިހާ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުުސަތު ހޯދައިދޭނެކަމަށެވެ.
PRESIDENTIAL DEBATE
Favorite to least favorite based on answers.
1. Faris
Candidate 6
By far the best2. Muizzu
Candidate 4
Good3. Umar
Candidate 1
Straightforward on key issue of national security4. Nazim 8
Candidate5. Qasim
Candidate 56. Ilyas
Candidate 77.…
— Jenny Latheef #RiseRT 🇲🇻 (@LitmusTimes) September 2, 2023
ތެދެކެވެ.ވޯޓު ލުމަކީ ޙައްޤެކެވެ. އެ ޙައްޤުގެ ބޭނުން ކުރަންވާނެއެވެ. ފާރިސްއަށް ދެވޭ ވޯޓަކީ ބޭކާރު ވޯޓަކަށް ވެގެން ނުވާނެކަމަށް ބަލާންޖެހެއެވެ.
މި ޒުވާނާ އެތަކެއް ޒުވާނުންގެ ހިތްތައް ފަތަޙަކުރައްވައިފިއެވެ. ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުއްވާނެ ކަމަށް ވިދާޅުވޮި ބަސްފުޅުތަކުގެ ޙަޤީޤަތް ޤަބޫލުކުރަމުންދާ އެތަކެއް ޒުވާނުންތަކެއް އެބަތިބިކަން މިއަދު ސާބިތުވެއްޖެއެވެ.
Heart and mind Definitely Says to Vote for you , Farish Maumoon Candidate #6
إن شاء الله https://t.co/i4kxYzgBtU— Suadha Shihaab (@SuadhaS) September 3, 2023
ފާރިސް ހޮވަންޖެހޭ އެންމެ މުހިންމު އެއް ސަބަބު ކަމަށް މި ޒުވާނާއަށް ޤަބޫލުކުރަނީ ފާރިސްގެ އިސްތަށިފުޅުގައި އިލްޒާމްތައް ނޭޅުވޭނެތީ ކަމަށް ބުނެފިއެވެ. އެކަމެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ބުނެފިއެވެ.
ފާރިސް ހޮވަންޖެހޭ އެންމެ މުހިންމު އެއް ސަބަބު ކަމައް އަހެރެން ގަބޫލުކުރަނީ ފާރިސްގެ އިސްތަށިފުޅުގަ އިލްޒާމްތައް ނޭޅުވޭނެތީ. އެކަމެއް ނުކުރެވޭނެ.
— Anim (@tweetsfromanim) September 3, 2023
ފާރިސްގެ ވެރިކަމެއްގައި ރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި އަޑުއުފުލޭ ޤައުމަކަށް ހަދާނެ ކަމަށާއި ރާއްޖެއަކީ އެއޯސިސް ފަދަ ޕެނަލްތަކުގައި ކުރިން ދެއްކި ލީޑަރޝިޕް އަލުން ދެއްކޭނެ ޤައުމެއް ކަމަށް ވިދާޅުވިއެވެ. ދާހިލީ އަދި ސިޔާސީ ކުރިއެރުން ހޯދުމަށްޓަކައި ބޭރު ޤައުމުތަކަށް ބަރޯސާ ވުމަކީ ތާރީހުން ފެންނަން އޮތް ކަމެއް ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. މިކަންކަމަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ ފަރުދަކަށްވެސސް ޤަބޫލުކުރެވޭނެ ކަންކަމެވެ.