Thursday, 18 April 2024

ރާއްޖޭގައި ޗީޒުގެ ބާވަތެއް ވިއްކުން މަނާކޮށްފި

ޖަރާސީމު އެކުލެވޭ ޗީޒުގެ ބާވަތެއް ރާއްޖެއަށް އެތެރެވެފައިވާތީ އެބާވަތުގެ ޗީޒް، ވިއްކުން ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑުރަގު އޮތޯރިޓީން ވިދާޅުވެފައިވާ ގޮތުގައި، "ލިސްޓީރިއާ މޮނޮސައިޓޯޖެނީސް" ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް "ކަމެމްބާޓް" ކިޔާ މި ޗީޒް ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާފައިވެއެވެ.

މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހަށް މުއްދަތުހަމަވާ ފްރާންސުގެ މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުން ވަނީ އެމްއެފްޑީއޭ އިން މަނާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *