Thursday, 18 April 2024

ފާރިސް އެއީ ސީދާ ރަސްދަރިކަލެއް، ސާބަހޭ ފާރިސް: މުސްޠަފާ

މިހަފުތާގައި ބޭއްވި ރިޔާސީ ބަހުސް ޕްރޮގްރާމަށް އިޝާރާތްކުރައްވައި، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫނަކީ ސީދާ ރަސްދަރިކަލެއް ކަމަށް ސިފަކުރައްވައި، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ (މުސްޠަފާބެ) ފާރިސްއަށް ސާބަސް ރައްދުކުރައްވައިފިއެވެ.

އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ބަހުސް ޕްރޮގްރާމްގައި ފާރިސްއާއި މުޢިއްޒު ނޫނީ ދެން ތިބީ މުޅިންވެސް "ގުއި ރޮނޑުން" ކަމަށެވެ.

މުސްޠަފާ އިތުރަށް ވިދާޅުވީ، ފާރިސް މައުމޫނަކީ ސީދާ ރަސްދަރިކަލެއް ކަމަށެވެ.

"ފާރިސް މައުމޫނަކީ ސީދާ ރަސްދަރިކަލެއް. ސާބަހޭ ފާރިސް."

މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ މިހެން ވިދާޅުވިއިރު، އޭނާ ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާޢީދުކުރައްވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. ނަމަވެސް އޭނާ ޤާސިމުގެ ކެމްޕެއިންގެ މަސައްކަތުގެ ތެރޭގައި ޙަރަކާތްތެރިވާ ތަން ފެނިފައެއް ނުވެއެވެ.

ސަންގު ޓީވީ އާއި ގިނަ މީޑިއާތަކެއް ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި ފާރިސް ދެއްކެވި ސާބިތުކަމާއި، ބަހުސްގައި ދެއްކެވި ވާހަކަތަކަށް ބަލައި މީގެ ކުރިން ވޯޓް ލުމަށް ވަކި ގޮތެއް ނިންމާފައިވާ ފަރާތްތަކާއި ވޯޓުލާން ވަކިގޮތެއް ނިންމާފައި ނުވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާއިރު، ބަހުސްގައި އެންމެ ޢިލްމީ ވާހަކަތަކެއް ދައްކާފައިވަނީ ފާރިސް ކަމަށް ދަނީ ހާމަކޮށް އަޑުއުފުލަމުންނެވެ.

މާލެ ތަރައްޤީކުރުމުގައި އިސްކަން ދެއްވާނެ ގޮތްތަކާއި ސިޔާސަތަކީ، މުޅި ރާއްޖެއަށް ތަރައްޤީ އަންނާނެ ދުރުވިސްނުމެއްގެ ޕްލޭން ކަމަށް ފާރިސް ފާހަގަކުރައްވާފައިވުމަކީ، ވޯޓެއް ހޯދައި އިންތިޚާބެއް ކާމިޔާބުކުރުމަށްވުރެ، އިޚްލާސްތެރި ހިތަކުން ބަޔާންކޮށްފައިވާ ވާހަކަތަކެއް ކަމަށް ގިނަ ފަަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، މާކްސް ޝީޓްތައް ތައްޔާރުކޮށް ފާރިސްއަށް ވަނީ ބަހުސްގެ އެއްވަނަ ވެސް އަރުވާފައެވެ.

ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއްް ގެންނަވާނެ ކަމަށް ފާރިސް ވިދާޅުވަމުން ދަަނީ ތަސައްވުރެއް އޮވެގެން، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބައްލަވައިގެެން ހުސް ވަޢުދެއް ކަމުގައި ނޫންކަމަށް ވެސް ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ކަމަށްވެސް ދަނީ ސޯޝަލް މީޑިޔާގައި އަޑުއުފުލަމުންނެވެ. ރިޔާސީ ބަހުސަށް ފަަހު ވަނީ އެފަރާތްތަކުން ވޯޓް ލާނީ ފާރިސްއަށް ކަމަށާއި، އިޤްތިޞާދުގެ ޙަޤީޤަތް ދެނެވަޑައިގަންނަވާ އާޖުފާޖު ދަންނަ ލީޑަރަކީ ފާރިސް ކަމަށް ސިފަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *