ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ރާނިޔާ ހަމީދު، ޤާސިމް އިބްރާހީމުގެ ކެމްޕެއިނަށް މިއަދު އދ. ދަނގެއްޗަށް ވަޑައިގެންފިއެވެ.
ރާނިޔާ ދަނގެއްޗަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާ ކިޔާފައެވެ.
ރާނިޔާ ދަނގެތީގައި ކެމްޕެއިން ކުރެއްވަމުން ގެންދަވާއިރު، އޭނާގެ ފިރިކަލުން ޤާސިމު އިބްރާހީމް މިވަގުތު ކެމްޕެއިންގައި އުޅުއްވަނީ، ގއ. އަދި ގދ. އަތޮޅުގައެވެ.
މިއަދު ވިލިގަލީގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޚުގައި މިއަދާ ހަމައަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްޑީޕީއާއި ޕީޕީއެމުން ވެސް ރަނގަޅު ވެރިއަކު ނުނިކުންނާނެ ކަން ދިވެހި ރައްޔިތުން މިއަދު ދަންނަން ޖެހޭ ކަމަށެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެއޭ ބުނާ ބީދައިން ނުރަނގަޅު މީހުންގެ ފުށުން ރަނގަޅު މީހަކު ނުކުންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ވިތާހިރު މޮޅު އެ ރަންމުތަކީ އިތާގެ ބަނޑުން ވިހޭ ދަރިއޭ، ހިތާކޮށް ފިކުރު ބެލި ނަމައީ ސިމަށް ޤާ ވިސްނިގެން ދާނެ.