16 ފެބުރުވަރީ 2025

ޤާސިމް ވިދާޅުވަނީ ފަހު ވަގުތު ނަޝީދު އަރާނީ ރައީސް ޞާލިޙްގެ ފަހަތްޕުޅަށްކަމަށް

ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި އެމްޑީޕީ ދެވަނަ ބުރަކަށް ގޮސްފި ނަމަ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާނީ އެމްޑީޕީއަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ގއ. އަދި ގދ. ގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޤާސިމު ވިދާޅުވީ، ނަޝީދު މިހާރު ދައްކަވާ މަންޒަރަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގައި ފުންނާބު އުސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން އެބައެއްގެ މިޒާޖު އެމަނިކުފާނު ދެނެވަޑައިނުގަންނަވާ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. އެގޮތުން ރައީސް ނަޝީދަކީ ކޮންކަހަލަ ބޭފުޅެއް ކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ވޯޓު ދެބައި ކޮށް ދެވަނަ ބުރުގައި އެމްޑީޕީގެ ފަހަތަށް އެރުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ސަތޭކަ އަކުން ސަތޭކަ. އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނަ އެ ޖަހަނީ ޗައްކަރެއް. އަނެއް ދިވެހިރާއްޖެއަށް ދިޔުމުގެ ވިސްނުމެއް ނުކެނޑޭނެ. އެ އުޅެނީ އެހެން ދިމާއަކުން ވޯޓު ހޯދައިގެން، އެމްޑީޕީއަށް ސަޕޯޓު ނުކުރާ މީހުންގެ ވޯޓުތައް ހޯދައިގެން އޭގެތެރެއިން ބައެއް ހޯދައިގެން ދާ ގޮތަށް ގޮސް އެމްޑީޕީގެ ތެރެއަށް ވަންނަން.

ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރައީސް ނަޝީދަކީ ނުކުރާނަމޭ ވިދާޅުވާ ކޮންމެ ކަމެއް އެއާ ޚިލާފަށް ކުރައްވާ ބޭފުޅެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެ މަންޒަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު