13 ނޮވެންބަރު 2025

ތީމުގޭ ގޯތިތެރޭގައި ހުރި ގަހަކުން އަނބު ބިން މީހަކު ހައްޔަރުކޮށްފި

ތީމުގޭ ގޯތިތެރޭގައި ހުރި ގަހަކުން އަނބު ބިން މީހަކު ހައްޔަރުކޮށްފިއެވެ.

ސްޕްރީމްކޯޓާއި ހައިކޯޓު ހިންގަަމުން އަންނަ ތީމުގޭގެ ގަހަކުން އަނބު ބިން މައްސަލައެއްގައި ހައްޔަރު ކޮޮށްފައި ވަނީ އުމުރުން 34 އަހަރުގެ ނ. އަތޮޅު މާޅެންދޫއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމީހާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމެވެ. އަދި އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އަދި އެ މީހާ ތީމުގޭ ތެރެއަށް ވަދެ އެތަނުގައި ހުރި އަނބު ގަހުން އަނބު ބިން ކަމަށް ވަނީ އެއްބަސްވާއިރު، މި އަހަރު ތެރޭގައި އޭނާ ވަނީ ވައްކަމުގެ ހަ މައްްސަލައެއްގައި ހައްޔަރުކޮށްފައިކަން އެނގިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު