Saturday, 13 April 2024
ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ފުޅިތައް، ފޮޓޯ: ފުލުހުންގެ ޚިދުމަތް

ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ، ސެޕްޓެމްބަރ 4 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ނައްތާލާފައިވަނީ 246 ފުޅި ބަނގުރަލާއި 45 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ މި އަހަރުގެ މެއި 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 14 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުންނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *