ބްރިޖް މަތިން ފުންމާލަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ސިނަމާލެ ބްރިޖް މަތިން ފުންމާލަން އުޅުނު އިންޑިއާ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އަމިއްލަ ނަފްސަށް ގެއްލުން ދިން ކަމުގެ ތުހުމަތެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައިވާގޮތުން އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެެއް ކަމަށް މަޢުލޫމާތު ލިބިފައިވާއިރު،  އެކަމަށް ފަރުވާ ނުލިބިގެން ބްރިޖް މަތިން ފުންމާލަން އުޅުނީ ކަމަށް އޭނާ ބުނެފައިވާކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެ މިހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އިންޑިޔާގެ މި ރައްޔިތަކީ ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމުން، އޭނާ ޑީޕޯޓްކޮށްލުމަށް ވިސްނަމުންދާ ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު