Saturday, 25 May 2024

ސެޕްޓެމްބަރުމަހު ވޯޓު މިނަގަނީ އިންޑިޔާއާ ރާއްޖެއާ ދެމެދު: ޢަލީ ވަޙީދު

ސެޕްޓެމްބަރު މަހު ވޯޓު މިނަގަނީ އިންޑިޔާ އާ ރާއްޖެއާ ދެމެދު ކަމަށް ޖޭޕީގެ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ލ.އަތޮޅު ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެކިސަރަހައްދުތައް އިންޑިއާ ސިފައިންނަށް ދީ މިގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލާފި ކަމަށާއި މިސަރުކާރު ދަމަހައްޓާނަމަ ރާއްޖޭގެ ރައްޔިތުން އަމިއްލަ ޤައުމުގައި ތިބޭނީ ތިންވަނަ ދަރަޖާގެ ރައްޔިތުންގެ ގޮތުގައި ކަމަށެވެ. އަލީ ވަހީދު ވަނީ އިޓްލޮސް މައްސަލައިގައި ސަރުކާރުން ފޮނުވި ސިޓީގައި ގޯސް ވާހަކައެއް ނެތް ކަމަށް އެބޭފުޅުން ދައުވާކުރާއިރު ސިޓީ ދައްކަން ނުކެރެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

" ގޯސް އެއްްޗެއް އޮތީމަ ދައްކަން ނުކެރެނީ. މިދޭތެރެއަކުން ބާކައުންސިލުންވެސް ބުނެފި ސިޓީއަކު ގޯސް އެއްޗެއް ނެތޭ. ގާނޫނުން ފާސްކޮށްގެން އެކަންކަން ކުރެވޭނީ. ހަގީގަތުގައި ޓުރެކުން ބޭރުވީ. ރައްޔިތުން ވިސްނަންޖެހޭ. ސެޕްޓެމްބަރުމަހު ވޯޓު މިނަގަނީ އިންޑިއާއާ ރާއްޖެއާ ދެމެދު. 20،000 ރުފިޔާއަށް ވޯޓު ވިއްކާފައި ނޫޅޭތި މިނިވަންކަން ހޯދަން. ދީންތަކަށް ފުރުސަތުވެސްދޭނެ".

ޢަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ވޭތުވެ ދިޔަ 3 އިންތިހާބުގައި ރަނގަޅު ނޫން މީހަކަށް ވޯޓު ދިނުމަކީ ރައްޔިތުން މާޔޫސްވާންޖެހޭ ސަބަބެއްނޫން ކަމަށެވެ. މިހުރިހާ ނިންމުމެއް ނިންމައި ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަކީ ހުރިހާކަމެއްގެ ހައްލުކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ހެދިގޮތައް ބަޑި ގުދަނުގެ ތަޅުދަނޑި ޤާސިމްގެ އަތްޕުޅަށް އަރުވައިފިނަމަ ހަމަ ގައިމުވެސް އެ ތަޅުދަނޑިފަތި ވިއްކައެއް ނުލައްވާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހު ވޯޓު މިނަގަނީ އިންޑިއާއާ ރާއްޖެއާ ދެމެދުކަމަށް އަލީ ވިދާޅުވިއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އަޑުތައް ވަނީ ގަދަވެފައެވެ. އެއީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.

މީގެއިތުރުން، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އައި ސްޓޭންޑަށް ބަދަލުގެނެސް، ނިންމި ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ އިހްތިސާސްގެ ދަށަށް ދިއުމާ ގުޅިގެން ވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *