Saturday, 15 June 2024

ގުރައިދޫ ބައި އިލެކްޝަން ގަތީ، ވޯޓަކަށް 20000 ރުފިޔާ ދީގެން: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ރޯމާދުވާލު ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަތޯ ވިދާޅުވެ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ޖޭޕީގެ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ލ.އަތޮޅު ގަމުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުތުމަށް މަޖުބޫރުކުރުވީ މިސަރުކާރުން ރައްޔިތުންނަށް ވަމުންދިޔަ ބޮޑު ޚިޔާނާތާއި ގައުމުގެ އިސްތިގްލާލާއި އަމްނު އަމާންކަން އަދި ގައުމުގެ އިން ބޭރުގެ ފަރާތްތަކަށް ވިއްކާލުން ކަމަށެވެ.

ޤާސިމް ވިދާޅުވީ ކޮރަޕްޓް ސަރުކާރުތައް އަލުން ބަލުން ގެނެސްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. މިސަރުކާރުންމިއަދާ ހަމައަށް ދެމިއޮތީ ދަރަނީގެ ދަންތުރަޖަހާގެން ރައްޔިތުން އެދަންތުރާގައި ޖައްސާގެން ކަމަށެވެ.

" ރާއްޖެ ދަރާފައިވަނީ އިންޑިއާއަށް. އެގައުމުގައި ރައްޔިތުންތިބީ ސާފު ފެން ފުދެއްވެސް ނުލިބި. ދެން ކީއްވެ ރާއްޖެއަށް މިވަރަކުން މި އެހީވަނީ. އަމިއްލައަށް ވިސްނާލީމަ އެނގޭނެ ވަނީ ކީއްކަން. މިނިވަންކަން ގެއްލިދަނީ. ވޯޓުން އެކަން އެނގޭނެ".

ޤާސިމް ވިދާޅުވިއެވެ

ގާސިމް ވަނީ ސަރުކާރު ކުންފުނިތަކުން އިންތިހާބާއި ދިމާކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

" ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ. ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަ މިހެން ކަންކުރާނީ. އޭގެ މިސާލަކީ ގުރައިދޫ ބައި އިލެކްޝަންގައި ކަން ހިނގިގޮތް. 20000 ރުފިޔާ އެއް ވޯޓަށް ދީގެން އޭރު ވޯޓު ގަތީ".

ޤާސިމް ވިދާޅުވެއެެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ގާސިމް ވިދާޅުވެދެއްވިއިރު އެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް އިދިކޮޅު މެންބަރުންވަނީ ތުހުމަތު ކުރައްވާފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކޮށް ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް ޝާޒް އިންތިހާބު ކާމިޔާބުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވާފައިވާއިރު މިއީ އެ ޕާޓީއަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޤާސިމު ރޔާމީނަށް ވަގަށްގޮވާ ފުރައްސާރަކުރާއިރު ގާސިމާ ވެރިކަން ހަވާލުކުރުމެކޭ މަސްފެންގަނޑެއް ބަލަހައްޓަން މާކަނާ އަކާ ހަވާލުކުމެކޭ ވާނީ ހަމަ އެއްވަރު.

  2. މިހާރުވެސްދަނވަރުގޭގެޔައްވަދެރިސްވަތުބަހަ0މުންޭބަގެންދޭޭ،ތިމަރްސަރީފުސުތެކޯސަރީފުކކާށިދުވައްއައީފަޔސާހީފާޔްގެންމީނާޔަކީވޯޓުފޮށިއަންދާލިކަލޭގެެ( މީބޮޑުވަގެއްކަޔަގީންް، ކކާަށިދޫޕޕއެމްކައުންކައުންސިލުގެނާޔްބުގެފިރިމީހަަ،ދޯޏެއްގަތުމައްް،15000000
    ޢެކެއްޕޯންޓުފަހެހްމިލިޔައްރުފިޔާދިނީމަަ އެންޑީޕީޔަސޮޔްކޮފިކަންޔަގީީ، މިކަންކުރީލޯކުރިމަތީގަަ، ގސިމުދެކިވާހަކަޔައްބާރުު،މިކަމުންލިބޭޭ، މީވޣުބަޔެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު