މިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޚާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިނިވަންކަމަކީ ދެގޮތަކަށް ވާހަކަދެއްކޭނެކަމެއް ނޫންކަމަށާއި، ގައުމުގެ ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ގައުމާއި ރައްޔިތުންނާއި، ސުލްހަ މަސަލަސްކަންކަމަށެވެ.
"މިހާރު މިއޮތް ޚާރިޖީ ސިޔާސަތު ބަދަލުކުރާނަން، ޚާރިޖީ ސިޔާސަތަކީ ވަކިބަޔަކު ބޭނުންވާގޮތައް ގައުމުގެ ކަންކަން ބޭނުން ކުރުމަށް ދޫކޮށްލުމެއްނޫން އެއަށްވުރެ ހަރުދަނާވާންޖެހޭނެ އެ ސިޔާސަތު އެއީ އެންމެ ފުރަތަމަ އިސްކަމެއް ދޭންވީ ކަމަކީ ދިވެހިންގެ ވަށާފާރުން އެތެރެއަށް އެއްވެސް އިތުރު ޤައުމެއްގެ ސިފައިންނަށް ތިބެވިގެން ނުވާނެ. އަދި ސިފައިން ތިއްބާކަށް އެއްގޮތަކަށްވެސް މަޝްވަރާއެއްވެސް ނުކުރައްވާނަން"
ޑރ.މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު އޮންނާނީ ދިވެހިންގެ މަސްލަހަތު އިސްކުރާ ފަރާތްތަކާއެކު ގާތް ގުޅުން ބޭއްވުމުގެ ސިޔާސަތު ކަމަށެވެ.