ބޯޓިން އެސޯސިއޭޝަންގެ ރައީސް، އިސްމާއިލް ޙަމީދު (ހައިރައި އިއްސެ) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު އިސްމާޢީލް ޙަމީދުގެ ފޯމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއާ ޙަވާލުކުރައްވާފައެވެ.
އިއްސެ ވިދާޅުވީ އެމްޑީޕީއާއި ގުޅުނީ، ރައީސުލްޖުމްހޫރިއްއާ އިބްރާޙިމް މުޙައްމަދު ޞާލިޙަކީ، އެއްވެސް ބަޔަކު ބާކީ ކުރުމެއްނެތި، ހުރިހާ ޚިޔާލެއްގެ މީހުންވެސް ގޮވައިގެން އުޅުމުގެ ޤާބިލުކަން ހުރި ރައީސަކަށްވާތީކަމަށް ވާތީ ކަމަށާއި، ރައީސްވަނީ ކަންކަން ކުރުމަށް ރައްޔިތުން ހަޅޭލަވަން ނުޖެހި، ކަންކަމަށް ޙައްލު ގެނެސްދެއްވަން ދަންނަ ވެރިއެއްކަން ހާމަކޮށްދެއްވާފައި ކަމަށެވެ.
ހަމައެހެންމެ، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުމުގައިގެސް ރައީސް ވަނީ ނަމޫނާ ދައްކަވާފަައި ކަމަށާއި، އެގޮތުން ކޯވިޑްގެ ޙާލަތުގައި ޢަމަލުކުރެއްވި ގޮތާއި، ފަތުރުވެރިކަމަށް އަލުން ރާއްޖެ ހުޅުވާލާ ދުނިޔޭގެ 1 ވަނަ ޤައުމުގެ ގޮތުގައި ވިދިވިދިގެން 3 އަހަރު އޮތުމަކީވެސް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އިއްސެ ވިދާޅުވިއެވެ.