Thursday, 18 April 2024

ރައީސް އިފްތިޠާހްކޮށްދެއްވި މަޑަވެލީ ފެނުގެ ނިޒާމުން ފެނެއް ނުލިބޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިޠާހްކޮށްދެއްވި މަޑަވެލި ފެނުގެ ނިޒާމުން ފެން ނުލިބޭ ކަމަށް ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް)  ބުނެފިއެވެ.

ލޫކަސް ޖަލީލް މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ، 8 އޯގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވި މަޑަވެލި ފެނުގެ ނިޒާމުން އެއްވެސް ގެޔަކަށް ފެނެއް ނުލިބޭ ކަމަށެވެ.

ލޫކަސް ޖަލީލް އިތުރަށް ބުނީ، ރައީސް ފެނުގެ ނިޒާމް ފައްޓަވައި ދެއްވީ މަޝްރޫއު ނުނިމެނީސް ކަމަށާއި ފެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

ލޫކަސް ޖަލީލަކީ މީގެ ކުރިން އެމްޑީޕީގެ އެކްޓިވެސްޓެއްގެ ގޮތުގައި އުޅުނު ޒުވާނެކެވެ.

އޭނާ ޝައްމޫން ޖަލީލް (ލޫކަސް) ސަރުކާރުން މިއަދު އިސްތިއުފާ ދީ ދަ ޑިމޮކްރެޓްސްއާ ގުޅިފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުން ލޫކަސް އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ތަޖުރިބާއެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ލޫކަސް ސަރުކާރުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހެދި ކަމެއް ސިޓީއަކު ނެތެވެ. އެކަމަކު، އޭނާ ސަރުކާރު ދިފާއު ނުކުރައްވާ ކަމަށް ބުނެ، ސަރުކާރުގެ ބައެއް ބޭފުޅުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ލޫކަސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅަކަށްވާއިރު، ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށް މިހާރު އޭނާ ދަނީ އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *