ދަ ޑިމޮކްރެޓްސްގެ ގެ މެނިފެސްޓޯ ލޯންޗުކުރުން

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ސަރުކާރުން ވަގަށް ނެގުން ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއާއި، އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރާއި، އެންސްޕާއާއި، އާސަންދަ ފަދަ ދައުލަތުގެ އެކި އަސާސީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ދިވެހި ރައްޔިތުންގެ ވަނަވަރާއި، ޒާތީ މަޢުލޫމާތާއި، ޑޭޓާ ވަގަށް ނަގައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރެއް ހޯއްދަވާން ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގަމުންދާ ކެމްޕޭނަށް "ވޯޓު ވިޔުގަ"އިގެ ނަމުގައި ސޮފްޓްވެޔާރއެއް ތައްޔާރުކޮށްފައިވުން ދަ ޑިމޮކްރެޓްސް ކުށްވެރިކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ، އަނބިފިރި ދަރިންނާއި، މައިންބަފައިންނާއި، އެއްބަނޑު، އެއްބަފާ މީހުންވެސް އެނގޭނެހެން މި ސޮފްޓްވެޔާރގައި ލިސްޓުކޮށްފައިވާ ކަމަށާއި، މިއީ ޑީއެންއާރްގެ ޑޭޓާބޭސް އިން މެނުވީ ހޯދޭން އޮންނާނެ، އަދި އިހު އެއްވެސް ސިފައެއްގައި ޢާންމުކޮށްފައި ނުވާ މަޢުލޫމާތާއި، އަދި ވަޒީފާ އަދާކުރާ ތަނާއި، ފޯނު ނަންބަރާއި، ސިޔާސީ ޕާޓީވެސް އެނގޭ ކަމަށާއި، މިއީވެސް އާސަންދައާއި، އެންސްޕާ ފަދަ މުވައްސަސާތަކުގައި މެނުވީ ނުހުންނާނެ، ޢާންމުކޮށް ލިބޭން އެއްގޮތަކަށް ނެތް މަޢުލޫމާތު ކަމަށެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތިގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުވާސަލާތަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އަދި ޤާނޫނުލް ޢުޤޫބާތުގެ 232 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ހުއްދައެއް ނެތްކަން އެނގިހުރެ މަޢުލޫމާތު ހޯދުމާއި، މަތީ ދަރަޖައަކަށް ރައްކާކުރެވިފައިވާ ނުވަތަ މީހެއްގެ އަމިއްލަ މަޢުލޫމާތު ހޯދުމަކީ ކުށެއްކަމަށެވެ. އެހެންކަމުން، ދައުލަތުގެ ބޭނުމަަށް އެއްކޮށްފައިވާ ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި، ޑޭޓާއަކީ އެހިނދު ވެރިކަންކުރާ ޕާޓީއެއް ހިތުހުރިހާ ގޮތަކަށް، ސިޔާސީ ބޭނުންތައް ފުއްދާން ހުރި ތަކެއްޗެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ ރަސްމީ ބޭނުމަށް ދައުލަތަށް ދޫކޮށްފައިވާ އަދި ދައުލަތުގެ މުވައްސަސާގެ މަޢުލޫމާތަށް މެނުވީ އިތުރު ބޭނުންތަކުން ރައްކާތެރިކުރެވިފައިވާ ތަކެތި ކަމަށްވެސް އެ ޕާޓީގެ ހާމަކުރައްވައެވެ.

ދަ ޑިމޮކްރެޓްސްއިން މިނިވަން މުވައްސަސާތަކާއި، ތަޙްޤީޤީ އިދާރާތަކަށް ގޮވާލަނީ ދިވެހި ދައުލަތުގެ މުވައްސަސާތަކުގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި، ޑޭޓާ ވެރިކަންކުރާ އެމްޑީޕީއަށް ލީކުކޮށް، އެވަގަށް ނެގި މަޢުލޫމާތު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ވޯޓު ވިއުގަ"އިގެ މައްސަލަ ބަލާ، ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، އެމްޑީޕީއަށް ލީކުކޮށްފައިވާ މިވާ މަޢުލޫމާތުގެ މައްޗަށް އެޕާޓީއަށް އޮތް އެކްސެސް ވަކިކޮށް، ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ