Thursday, 18 April 2024

މާލެ އިން 35 އަހަރުގެ މީހަކު ގެއްލިއްޖެ

މާލެ އިން 35 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ މާލެ މއ. ލެއްގި އަބްދުލްޣައްފާރް އަބްދުލްޣަފޫރް 53 އެވެ.

އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ 7:00 ގައި ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭގަނޑު 11:00 ހާއިރު މާލެއިން ކަމާއި އޭރު އޭނާ ލައިގެން ހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސީނެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *