100 އިލްމުވެރިން ޑރ. މުއިއްޒުއަށް ތާއީދު ކުރައްވައިފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާކަން ރާއްޖޭގެ 100 އިލްމުވެރިން ތާޢީދުކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތާާއީދު ކުރާނެ ކެންޑިޑޭޓަކު ބެލުމަށް ގިނަ އަދަދެއްގެ އިލްމުވެރިންގެ ތިއްބަވާ ވައިބާ ގްރޫޕެއްގައި މީގެ ކުރިން ވެސް ވަނީ އެބޭފުޅުންގެ ތާއީދު އޮތްގޮތް ބަލާފައެވެ. އެފަަހަރު ހުޅުވާލި ޕޯލްގައި މުއިއްޒުއަށް ވަނީ 91 ވޯޓު ލިބިފައެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި، ވައުޡު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 އިލްމުވެރިން ކަން އެނގިފައިވެއެވެ.

100 ޢިލްމުވެރިންގެ ތާޢީދު އިތްކަން ހާމަކުރައްވަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، އުމުރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން، އެންމެ ގާބިލު ހުލްގު ހެޔޮ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒު ކަމުގައި އެބޭފުޅުންނަށް ފެންނާތީ، އެމަނިކުފާނަށާއި އެމަނިކުފާނުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފް އަށް ވޯޓު ދެއްވަން ނިންމާފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ އިލްމުވެރިން މުއިއްޒުއަށް ތާއީދު ކުރާކަން ހާމަކޮށްފައިވާއިރު، ދީނި އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަހްމަދު މީގެ ކުރިން ހުރިހާ އިލްމުވެރިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ

،،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު