Monday, 16 September 2024

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިންކުރުން މަނާ

މިއަދު ހަވީރު 6 އިން ފެށިގެން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންކުރުން ބަންދުވާނެއެވެ.

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 28 ވަނަ މާއްދާއިން ތާއީދު ހޯދުމަށްޓަކައި ކެންޑިޑޭޓުންނަށް ލިބިދޭ ޙައްޤުގެ ދަށުން ކުރާކަންކަން ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6.00 އާ ދެމެދު ކޮށްގެން ނުވާނޭ ކަމުގައި އެ ޤާނޫނުގެ 44 ވަނަ މާއްދާގައި ކަނޑައަޅާފައިވެއެވެ.

އެހެންކަމުން، 08 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހު އިރުއޮއްސި 18:00 އިން ފެށިގެން 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ޖަގަހަތައް ހުޅުވައި ކެމްޕެއިން ކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ހިންގުމާއި، ކެމްޕެއިން ޖަގަހަތައް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު