މިއަދު ޤައުމު އެދި ގޮވަނީ ޤާސިމްގެ ޚިދުމަތަށް ކަމަށާއި، ޤާސިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ކަންކަން ހައްލުކުރައްވާނެ ކަމަށް، ޖޭޕީގެ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަހީދު މިހެން ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕެއިން ނިންމުމާ ގުޅޭ ޙަރަކާތްތަކުގެ މަޢުލޫމާތު ދެއްވުމަށް ބާއްވަމުން ގެންދަވާ ސެޝަނެއްގައެވެ.
"އަޅުގަނޑު ގަބޫލްކުރާގޮތުގައި މިއަދު ގައުމު އެދި ގޮވަނީ ޤާސިމްގެ ހިދުމަތަށް. ޤާސިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ކަންކަން ހައްލުކުރަން. ޤާސިމްގެ ވެރިކަމެއްގައި ޤާނޫނުއަސާސީ އެންމެ އިސްވާނީ. އިންލާމްދީނާއި ކީރިތިރަސޫލާގެ ސުންނަތާއި ދަންނަ ބޭކަލުންގެ އިޖްމާއާއި ދީ ނުގައި އުޅެން އޮތް ގޮތް އެއީ އަޅުގަނޑުމެންގެ އެންމެ އިސް ކަންކަން. އެއަށްފަހު ދެން މި އޮންނަނީ ގައުމެއްގައި ވެއްޖެއްޔާ އެގައުމެއްގެ ކޮންސްޓިޓިއުޝަން. މި ކޮންސްޓިޓިއުޝަންގެ ކޮންމެ މާއްދާއެއް ލަފްޒެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޤާސިމަށް. އެ އުފެއްދި މާނައަށް ދަންދެން."
އަލީ ވަހީދު ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވީ، ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް މާދަމާ ވޯޓްކަރުދާހުގައި އޮންނަ 8 ނަމަށް ބަލާއިރު ޤާސިމް އިބްރާހީމަށް ފިޔަވައި މިކަން ޑެލިވަރ ކުރެވޭނެވަރުގެ ވިޝަނަރީ ޑައިނަމިކް ލީޑަރެއް ނެތް ކަމަށް ޤަބޫލު ކުރެވޭނެ ކަމަށާއި، ޤާސިމްގެ އަމިއްލަ ދިިރިއުޅުއްވުމުގައި އެކަން ޕްރޫވް ކުރައްވައިފި ކަމަށެވެ.
އަލީ ވަޙީދ އިތުރަށް ވިދާޅުވީ، މިއަދު ކެމްޕެއިން ހިނގާލުން ކުރިއަށްދާނީ، އާޓިފިޝަލް ބީޗް ސަރަހަށްދުން ހެންވޭރު ދަނޑާއި ހިސާބުން ހިނގާލުން ފަށައިގެން މަޖީދީ މަގުން އައިސް ކުނޫޒަށް ނިންމާލާ ގޮތަށް ކަމަށެވެ.
" 6 ޖަހާއިރު އަޅުގަނޑުމެން ނިންމާލާނަން. މަޖީދީ މަގުގެ ތިން ސަރަހަށްދެއްގައި އަޅުގަނޑުމެން ސްޓޮޕް ކުރާނަން. އަދި ލީޑަރގެ އެންމެ ފަހުގެ ސްޕީޗް މިއަދު އޮންނާނެ ދިވެހި ގައުމާ މުހާތަބްކޮށް މި އިންތިހާބުގަ ދެއްވާ. އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޤާސިމް އިބްރާހީމަށް ހެޔޮއެދިލައްވާ ހުރިހާ ފަރާތްތަކުން މި ސުލްހަވެރި ހިނގާލުމުގައި އެމަނިކުފާނު މިގައުމަށް މިކޮށްދިން އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރައްވާ މި ހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނާއި އެކު މިއަދު ވަޑައިގަންނަވަން. އެއީ މިއަދު އެމަނިކުފާނު ދެއްވާނީ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެމަނިކުފާނު ދެއްވާނެ އެންމެ މުހިންމު އެއް ތްގަރީރް."
ޢަލީ ވަޙީދު ވިދާޅުވިއެވެ.