16 ފެބުރުވަރީ 2025

ދައުރު ނުފެށެނީސް ޤާސިމުގެ ރިޔާސީ ވަޢުދެއް ފުއްދަވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރިޔާސީ ވައުދެއް ފުއްދަވައި ގުރުއާން ތަފްސީރު ދިވެހި ބަހުން ޝާއިއުކޮށްފިއެވެ.

ވިލާ ފައުންޑޭޝަންގެ ފަރާތުން ކުރި ތަރުޖަމާ، ޤާސިމް ރޭ ވަނީ މަޝްހޫރު ތަފްސީރު ފޮތް، އައްތަފްސީރުލް ވާޟިޙުލް މުޔައްސަރުގެ ވެބް ވާޝަން ނެރެދެއްވައިފައެވެ.  ހިމެނެއެވެ. ފޮތް ޕްރޫފް ރީޑިންގެ މަސައްކަތް ކުރެއްވީ އަބްދުﷲ އަބްދުލް މުހުސިންއާއި އިޔާޒް ނަސީމް އެވެ. އެފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެ އެވެ. އެއީ ދޮޅު އިންޗީގެ ބޯމިނުގެ 15 ފޮތެވެ.

އެ މަސައްކަތް ވިލާ ފައުންޑޭޝަނުން ފެށީ 2016 ވަނަ އަހަރުއެވެ.

ވެބްވާޝަން ނެރުނު އިރު ތަފްސީރު ހިމެނޭ ފޮތް ޗާޕުކުރާނީ ފަހުން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ފޮތް ޗާޕުކުރުމުގެ ކުރިން ކުށެއް ފާހަގަ ކުރެވޭނަމަ އެކަން އަންގައިދިނުމަށް ވެސް ގާސިމް އިލްތިމާސް ކުރެއްވިއެވެ.

ވެބް ވާޝަނެއްގެ ގޮތުގައި އެ ފޮތް ފުރަތަމަ ނެރުމަށް ނިންމެވީ ޗާޕު ކުރާއިރު، އެއްވެސް ކުށެއް އޭގައި ނުބޭއްވުމުގެ މާތް އަޒުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެއީ ވެބް ވާޝަން ލޯންޗު ކުރުމުން އޭގައި އެއްވެސް މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން ފާހަގަ ކުރުމަށްފަހު އެކަން ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މި މަސައްކަތް އަވަސް ކުރުމަށް ނިންމީ ދުނިޔޭގައި ހުރެގެން މިކަން ކުުރުމުގެ އުފާ ލިބިގަތުމަށް. އަދި ފޮތް ޗާޕްކުރުމުގެ ކުރިން އެއްވެސް ކުށެއް ވާނަމަ އެކުށެެއް ރަނގަޅު ކުރުމުގެ ފުރުސަތު ހޯދުން،" ޤާސިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު