ވާދަވެރި ވަރުގަދަ ކެމްޕެއިންތަކަށްފަހު، މިއަދަކީ ދިވެހިންގެ ބޮޑު ނިންމުން ނިންމާ ދުވަހެވެ. މިއީ ކުރިއަށް އޮތް 5 އަހަރުގެ ދަޢުރަށް ޤައުމުގެ ރިޔާސަށް، ދިވެހިން އިންތިޚާބުކުރާ ބޭފުޅަކު ކަނޑައަޅަން ފުރުޞަތު ލިބޭ މުހިއްމު ދުވަހެކެެވެ.
މިއީ އިންތިޚާބު ތާރީޚީ އިންތިޚާބެއްގެ ގޮތުގައި ބެލެވޭ މައިގަނޑު ސަބަބަކީ، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ ފުރަތަމަ ފަހަރުކަމަށް ވުމެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތަޢާރަފްވިފަހުން 2008 ވަނަ އަހަރުން ފެށިގެން ބާއްވާ 4 ވަނަ ރިޔާސީ (މިއަހަރުގެ) އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ.
މިއަހަރުގެ އިންތިޚާބުގައި، 5 ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:
• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / އަޙްމަދު ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ޕާޓީތަކާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑުޑޭޓުން ތާޢީދު ހޯދުމަށް ބޭއްވި އެންމެހާ ކެމްޕެއިން ހަރަކާތްތައް އިއްޔެ އިރުއޮއްސި 06:00 ޖެހުމާއެކު ވަނީ ނިންމާލާފައެވެ.
އިންތިޚާބާއި ގުޅޭގޮތުން އިލްކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ކޮމިޝަންގެ ފަރާތުން ހަމަޖައްސަވާފައިވާކަމަށާއި، ރަށްރަށަށް ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތާއި، އޮފިޝަލުން ހަމަޖެއްސުމާއި އަދި އިދާރީ ގޮތުން ވާންޖެހޭ އެންމެހާ ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، ވޯޓުލުމުގެ އެންމެހާ ކަންކަން ހުރިހާ މަރުކަޒުތަކުގައިވެސް ހެނދުނު 08:00 ގައި ފަށާނެކަމަށެވެ. އަދި ހަވީރު 04:00 ގައި ފޮށިތައް ބަންދުކުރާނެކަމަށެވެ. ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. ވޯޓު ލމުގެ ކަންކަން ހަވީރު 4 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިޢުުލާންކުރަން ފަށާނެއެވެ. މާދަމާ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.
އިންތިޚާބުގައި ދެވަނަބުރަކަށް ދާންޖެހޭނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވެއެވެ.