ކޯލިޝަން ހަދަން މަޝްވަރާ ކުރާނެ: މުއިއްޒު

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ލިބިވަޑަައިގެންނެވި ކާމިޔާބީއަށްފަހު އެހެން ޕާޓީތަކާ ކޯލިޝަން ހަދަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަޝްވަރާ ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއަދުގެ ކާމިޔާބީއަކީ ކުރިން ވެސް އުއްމީދު ކުރި ނަތީޖާއެއް ކަމަށާއި އެދެނީ ރާއްޖެ އަނބުރާ ހޯދަން ކަމަށެވެ.

"ލީޑާޝިޕުގައި މަޝްވަރާ ކުރާނެ. އަޅުގަނޑުމެން އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށް،"

ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ތެރެއިން މިހާތަނަށް ގުނި ފޮށިތައް ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ގުޅުންހުރި:

ދެވަަނަ ބުރު ކާމިޔާބުކުރަން ކޯލިޝަން ހަދަން މަޝްވަރާ ކުރާނަން: ރައީސް ޞާލިޙް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު