3 ނޮވެންބަރު 2024
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ނިންމުމަށް އެމްޑީޕީން ބޭއްވި ޙަރަކާތުގައި

ސަން ސިޔާމަށް ނޫނުންނާއި ދާލުން ތާޢީދު ނެތްކަން ހާމަވެއްޖެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ރިޔާސީ އިންތިޚާބުގައި ބައިޢަތު ހިތްޕެވި އެމްޑީއޭގެ ލީޑަރ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދަށް ނ. އަތޮޅާއި ދ. އަތޮޅުގެ ތާޢީދު ނެތްކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ހާމަވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުން، މި ދެއަތޮޅުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ސިިޔާމްއާ އެމްޑީޕީއިން ކޯލިޝަން ހެދީ، މި ދެއަތޮޅުން ސިޔާމަށް ބޮޑު ސަޕޯޓެއް އޮތް ކަމަށް ފެނިގެން ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރައީސް ޞާލިޙަށް ދ. އަތޮޅުން، 40.4 އިންސައްތަ ވޯޓު ހޯއްދަވާފައިވާއިރު، އެ އަތޮޅުން މުއިއްޒުވަނީ 48 އިންސައްތަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދަވާފައެވެ.

ރައީސް ޞާލިޙަށް ނ. އަތޮޅުން، 42.3 އިންސައްތަ ވޯޓު ހޯއްދަވާފައިވާއިރު، އެ އަތޮޅުން މުއިއްޒުވަނީ 43.9 އިންސައްތަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދަވާފައެވެ.

އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ތެރެއިން މިހާތަނަށް ގުނި ފޮށިތައް ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ