3 ނޮވެންބަރު 2024

ރޮނާލްޑޯއަށް އަމާޒުވި ސުވާލެއް: 2026 ގެ ވޯލްޑް ކަޕްގައި ކުޅެންތަ؟

2016 ވަނަ އޮންނަ ވޯލްޑް ކަޕްގައި ކުޅޭނެތޯ ސުވާލުކުރުމުން، ޕޯޗުގަލުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ދީފައިވަނީ ތަފާތު ޖަވާބެކެވެ.

"ވަރަށް ތެދަށް މި ބުނަނީ، މިދިޔަ ދެ އަހަރު ކަންތައްވި ގޮތަށް ބަލާފަ، މިހާރު ވިސްނުން މިހިރީ ވަރަށް ތަފާތު ގޮތަކަށް."

ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނެފައިވަނީ، ދިރިއުޅުމުގައި ދިމާވި ކަންތައްތަކަށް ބަލާއިރު، ދަސްކޮށްދިން ފިލަވާޅަކީ ދިރިއުޅުމަކީ ހިނދުކޮޅެއް ކަން ކަމަށާއި، މާ ދުރު މުސްތަޤްބަލަކަށް ވިސްނުން ނުދާ ކަމަށެވެ.

"ދިރިއުޅުމުގެ ތެރޭގައި ކޮންމެ ކަމެއްވެސް ވެދާނެ، ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއްގައި އުފާ ޙާސިލުކުރޭ!"

ރޮނާލްޑޯ ބުނެފައިވެއެވެ.

މިހާރުގެ އުއްމީދަކީ "ޔޫރޯ" ގައި ބައިވެރިވުން ކަން ފާހަގަކުރަމުން، އުއްމީދަކީ އެ މުބާރާތުގައި ކާމިޔާބު ހޯދުން ކަމަށާއި، އެއަށްފަހު، ދެން ކަންތައް ކުރަންވީ ގޮތް އެނގިގެންދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

"ޙަޔާތަކީ އެއްގޮތެއްގައި އޮންނަ ކަމެއް ނޫން، ކޮންމެ ކަމެއްވެސް ވެދާނެ. ހިނދުކޮޅުގެ އުފާ ޙާސިލުކުރޭ!"

ރޮނާލްޑޯ ބުނެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު