Friday, 11 October 2024

ސަރުކާރުން ލީކުކޮށްލި ސިޓީގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެ

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އެ ސިޓީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެފައިވަނީ، އެ ސިޓީގެ އަސްލުކަން ރައްޔިތުންނަށް ކަށަވަރު ވުމަށް ކުރެވެންއޮތް އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ މަޖިލިސްއަށް ފޮނުވުން ކަމަށާއި، މިހާރު ދެން އެ ސިޓީ މަޖިލީހަށް ނުފޮނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

https://x.com/shippeshifaz/status/1701478374424953268?s=20

ހަމައެހެންމެ، ނ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ބަޝީރު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ރަސްމީ ލިޔުކިޔުމެއްނަމަ، ރެފަރެންސް ނަންބަރެއް އޮންނަންޖެހޭނެ ކަމަށާއި، އަދި ޖެމްސްގައި ބެކްއަޕް ކުރެވިފައި ވެސް ހުންނަންވާނެ ކަމަށެވެ. ބަޝީދު މިހެން ވިދާޅުފައިވާއިރު، އެ ލިޔުމުގައި ރެފަރެންސް ނަންބަރު ނެތްއިރު، އެ ސިޓީއަކީ ޖެމްސްއިން ނަގާފައިވާ ސިޓީއެއްކަންވެސް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ.

https://x.com/Batteyy/status/1701342629768974527?s=20

މީގެއިތުރުން، ގިނަ ބަޔަކު ދަނީ ސަރުކާރުން ލީކުކޮށްލި ކަމަށް ބުނާ ސިޓީއާ މެދު ތަފާތު ސުވާލުތައް އުފައްދަމުންނެވެ.

ޤާނޫނީ، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އަޙްމަދު މާޖިދުވެސް ވަނީ އެ ސިޓީއާމެދު ސުވާލު އުފައްދަވާފައެވެ.

https://x.com/AhmedMaajid/status/1701252350331994115?s=20

މޮރިޝަސްއަށް ރައީސް ޞާލިހް ފޮނުއްވި ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސިއްރު ސިޓީއެއް ކަމަށްވާތީވެ، ސަރުކާރުގެ އެންމެ މަތީ ވެރިން ބޭނުން ވެގެން ނޫން ގޮތަކަށް އެސިޓީ ވެސް އަދި އެފަދަ އެހެން ލިޔުމެއް ވެސް ލީކް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަކަށް ނުބެލެވެއެވެ.

ކާކުކަން ނޭނގޭ ޓްވިޓާ އެކައުންޓަކުން ލީކްކޮށްލި ސިޓީއަކީ ރައީސް ޞާލިހް މޮރިޝަސްއަށް ފޮނުވި ސިޓީކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވެސް މިހާރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެކަން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ލިޔުމުގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުގެ ވާހަކައެއް ނެތް ނަމަވެސް މީގެ ކުރިން ވެސް ގާނޫނީ ތަޖުރިބާކާރުންނާއި އަދި މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގައި ވެސް ވަނީ ރާއްޖެ އިން އެތައް އަހަރެއް ވަންދެން ޗާގޯސްއަކީ މޮރިޝަސްގެ ބާރު ނުހިނގާ ސަރަހައްދެއް ކަމަށް ކުރަމުން އައި ދައުވާ ރައީސް ޞާލިހްގެ ސިޓީން އަނބުރާ ގެންގޮސްފައިވާކަން ފާހަގަ ކޮށްފައެވެ.

ސިޓީ ސަރުކާރުން ލީކް ކޮށްލާފައި މިވަނީ ހޮނިހިރު ދުވަހުގެ އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން އާއްމު ކުރެވެން ހުރި ހުރިހާ އެއްޗެއް އާއްމު ކުރާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވަނިކޮށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބުނެ ލިޔުންތަކެއް ވެސް ލީކް ކުރަން ވެސް މަސައްކަތްކުރަމުން އެބަދެއެވެ. އެފަދަ ލިޔުންތައް ލީކް ކުރަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް، ގިނަ ފަރާތްތަކަކުން ވަނީ ތުހުމަތުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު