12 ފެބުރުވަރީ 2025
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ނިންމުމަށް އެމްޑީޕީން ބޭއްވި ޙަރަކާތުގައި

މާމުއި އައުން ހުއްޓި، ސަން ސިޔާމް މަންޒަރުން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ކެމްޕެއިން ޙަރަކާތްތަކުން މިހާރު ނުފެންނާތީ ސުވާލު އުފެދިއްޖެއެވެ.

ފުރަތަމަ ބުރުގައި ލިބުނު ބޮޑު ނާކާމިޔާބަށްފަހު ކެމްޕޭން އަލުން ފަށައިގަތުމަށް މިރޭ މާލޭގައި ބޭއްވި ޖަގަހަ ބައްދަލުވުމުގައި އެމްޑީއޭގެ އިސް އެއްވެސް ބޭފުޅަކު ފެނިގެން ގޮސްފައެެއް ނުވެއެވެ.

މިރޭގެ ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ބައިވެރިވެފައިވަނީ، ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެކަންޏެވެ. މިފަދަ ކެމްޕެއިން ހަރަކާތްތަކުގައި މީގެކުރިން ފެންނަ އެމްޑީއޭގެ އެހެން އެއްވެސް ބޭފުޅަކު މިރޭ ފެނިގެން ގޮސްފައެއް ނުވެއެވެ.

ރައީސް ޞާލިހްގެ ކެމްޕޭން ބައްދަލުވުމުން އެމްޑީއޭ ގެއްލުނުއިރު ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސަން ސިޔާމް، މިހާތަނަށް އެއްވެސް ވަރަކަށް ވާހަކަ ދައްކަވާފައި ނުވާއިރު، އިޖްތިމާޢި މިންގަނޑުން ބޭރު އޭނާގެ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން އެބަދެއެވެ.

ސިޔާމް މިހާރު ފެނިގެން ނުދިޔަ ނަމަވެސް، ރައީސް ޞާލިޙް މިރޭ ވިދާޅުވީ ކެމްޕޭނު ބައިވެރިންގެ މޫނުމަތިން އަދިވެސް ވަރުބަލިކަން ނުފެންނަ ކަމަށާއި ނަމަވެސް ވަކި ކަމެއް ހާސިލް ކުރަން ކުރާ މަސައްކަތެއް ކާމިޔާބުނުވުމަކީ މާޔޫސްވާނެ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފުރަތަމަ ބުރުން ނުކުތީ އެއްވެސް މީހަކު ބޭނުންވި ގޮތަށް ނޫން ކަމަށާއި އެއީ އިންތިހާބުތަކުގައި ބައެއް ފަހަރު ކަންހިނގާ ގޮތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަދިވެސް ތިގޮތަށްގަދަބަސް ބުނެގެން ކުރިއަށްނުދެވޭ ކާމިޔާބެއްނުވާނެ މީހުން ވޯޓުލާން ނުދިޔަސަބަބުބެލުން މާރަނގަޅުވާނެ ލިބެންއޮތް އެއްޗަކަށްވުރެ ލިބިފައި އޮތް އެއްޗަކަށް ބަލައިގެން ކުރިއަށް ދިޔުން ކަންނޭގެ ރަނަޅުވާނީ މިހާރު މުއިއްޒު އިއުލާން އެކުރީ ހިޔާފުލެޓުގެ ފިނިޝިންނަށް ދިޔަލާރިކަނޑާލާނެ ވާހަކަ ތިބޭފުޅުންނަށް އެވަރުވެސް ނުވި ހިޔާފުލެޓުމީހުން ނުލާހިކު އެދޭކަމެއް އެއީ ނިކަމެތި ރައްޔަތުން ދަރަނިވެރިވެގެން އެތަންތަނަށް ވަދެވޭވަރުވީ އެހެންވެ ވޯޓުމަދުވީ ވަރަށް ސަލާމް

  2. ޕ ޕ އެމްވވެސް ގަދަބަސް ބުނަން ހަދާގެން ވެރިކަމުން ވެއްޓުނު ކަން ހަނދާކޮ އެއްގޮތަ އެހެން މީހުނަވާނޭ އޭބުނި ނަމަ މިހެންލިޔާ ކަށްނުޖެހުނީސް ތިޔަހަމަ އަނެއްކާ މަގޭ ދެގުދު އެބައޮތޭ ކިޔާ ދެގުދު އޮތްމީހާ އެއްގުދު އޮތް މީހާއަށް މަލާމަތްކޮ ގުދޯ ގުދޯ ތިޔަ ގޮވަނީ މަގޭ ދެގުދޭ އޮތީ ހަގީގީ ވަހަކަ ނުދައްކަންޔަ ހަގިީގަތުގާ ހަގީގީ ވެރިކަމެވެސްނުކުރެވޭނެ ހަގީގަތަކީ ހަގީގަތް ދަންނަ ހަގީގަތުގަވެސް ހަގީގަތެވެ

  3. ގަދަބަސް ބުނާނީ ބުނެވޭކަހަލަމީހުން ރައީސްކަންކުރިޔޭކިޔާފަ ކިބުލަކީ ގަދަބަސްބުނެވޭވަރުމީހެއްނޫންޕ ތިކަހަލަމޫހުނަ މަސައްކަތްކުރީމަ ވާނެގޮތް މިހާރުހުންނާނީ ވަރައްރަގަޅައްއެގިފަ ދެވަނަބުރުގަ ލިބޭނީޕ 32%ވޯޓް ރައީސްކަމައްކުރިމަތިލާނީ އެވަރައް ތައުލީމާ މަސައްކަތުގެ ތަޖުރިބާލިބިފަތިބޭމީހުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު