Thursday, 25 July 2024

ހުޅުމާލޭ ގެއެއްގެ ޓެރަހުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަހުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބުނީ 08:39 ހާއިރުކަމަށާއި، އަލިފާން ރޯވެފައިވަނީ ޓެރަހުގައި ޓިނުން ހަދާފައިހުރި ތަނެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ބޭފުޅުން ހަރަކާތްތެރިވެ، ކުޑައިރުކޮޅެއް ތެރޭ އަލިފާންގަނޑު ވަނީ ނިވާލާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލުވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު