Friday, 11 October 2024
ޕީޕީއެމާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނާޒިމާއި އަބްދުއްރަހީމް އެއްބަސްވުމާ އެކު

މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދަނީ އަސްލު ބަޔާނެއް ނޫން: ޕީޕީއެމް

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އަސްލުބަޔާނެއް ނޫން ކަމަށާއ،ި އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ޕީޕީއެމް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ކޯލިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ މިކޯލިޝަނުން ނެރެފައިވާ ބަޔާނެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމަށެވެ.

އަދި އެއީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި ޚާއްސަކޮށް މި ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށްވެސް އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރުން ކަމަށާއި، އެހެންކަމުން މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ މި ދަށު ދަރަޖައިގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށްވެސް އެބަޔާނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު