Thursday, 18 April 2024

އިޤްތިޞާދީ ޙާލަތު ތެދުބަހުން ބަޔާންކުރުމަކީ އިތުބާރު ހޯދުމަށް އެންމެ މުހިންމު ފިޔަވަޅު: އާތިފް ޝަކޫރު

އިޤްތިޞާދީ ޙާލަތު ތެދުބަހުން ބަޔާންކުރުމަކީ ރައްޔަތުންގެ އިތުބާރު ހޯދުމަށް އެންމެ މުހިންމު އަދި އަސާސީ ފިޔަވަޅު ކަމަށް، އިޤްތިޞާދީ ދާއިރާ ދިރާސާކުރައްވަމުން ގެންދަވާ، އަދި އެ ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، އިބްރާހީމް ޢާޠިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އާތިފް ޝަކޫރު މިހެން ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އާތިފް ވިދާޅުވީ، ރައްޔަތުން ވޯޓުލަނީ ޕްރޮޖެކްޓާ، މަޤާމާ، ގޯއްޗާ ފައިސާއަށް ނޫންކަން 2018 އާއި 2023 ގެ އިންތިޚާބުން ޔަގީން ކުރެވުނު ކަމަށެވެ.

"ވަޢުދު އޮޑިން ފައިބާ، ފައިޖެހޭ ތަނުގައި ތިބެ، އިޤްތިޞާދީ ޙާލަތު ތެދުބަހުން ބަޔާންކުރުމަކީ ރައްޔަތުންގެ އިތުބާރު ހޯދުމަށް އެންމެ މުހިންމު އަދި އަސާސީ ފިޔަވަޅު."

އާތިފް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި އިޤްތިޞާދީ ޅޮސް އުނދޯލި" މި އާޓިކަލުގައިވެސް އާތިފް ވިދާޅުވެފައިވަނީ، ރައްޔަތުންނަށް ޙަޤީޤަތް ބުނެދީ، އިތުރު ޚިދުމަތް ދެވޭނީ އިތުރަށް އާމްދަނީ ހޯދައިގެންކަން ތެދު ބަހުން ބުނެދޭނެ ސިޔާސީން ތަކެއް އުފެއްދޭނީ، ރައްޔަތުން ސުވާލު އުފެއްދި މިންވަރަކުން، އެ ނިސްބަތަކުން ކަމަށާއި، މިހާރަށް ވުރެ ގިނަ ރައްޔަތުން، ގިނަ ނޫސްވެރިން، ގިނަގިނައިން ސުވާލު އުފައްދާ މިންވަރަކުން، އެދުވަހުގެ އިރު ފެނުން ތޮޅިލާލެއް އަވަސް ވާނެ ކަމަށެވެ.  އަދި އިޤްތިޞާދީ ބިންގާ ވަރުގަދަވެ، މޫސުމުގެ ކެރިއާއި ކުރިމަތިލުމުގެ ފަންވަރު އުފެއްދޭނެ ކަަމަށާއި، ވަޢުދުގޯނީގެ ކުޑަ ބޮޑު މިނުގެ ނިސްބަތުން، އެދުވަހަކުން ރައްޔަތުންނެއް ޅޮސް އުނދޯއްޔަކަށް ނޭރުވޭނެ ކަމަށެވެ.
"ރިޔާސީ އިންތިޚާބާއި އިޤްތިޞާދީ ޅޮސް އުނދޯލި" މި ލިޔުން ކިޔާލުމަށް:

ރިޔާސީ އިންތިޚާބާއި އިޤްތިޞާދީ ޅޮސް އުނދޯލި

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަންކަމުގެ ހަގީގަތް ހޯދުމުގެ ބަދަލުގައި ގިނަ ރައްޔަތުން ވެސް ދުވަނީި އެމީހަކަށް މޮޅުގޮތް ހޯދަން. ޤައުމަށް މޮޅުގޮތް ވުމުން ތިމާއަށް ވެސް މޮޅުވާނެކަން ގަބޫލުކުރަނީ މަދު ބަޔަކު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *