14 އޮކްޓޯބަރު 2024

ސިފައިންގެ ސިޔާސީ ނުކުރައްވާ: އާޒިމާ

ސިފައިން ސިޔާސީ ނުކުރެއްވުމަށް، ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"ސިފައިންނަކީ ފިނދަނަަކެކޭ ބުނީމަ ދިފާޢުކުރަން ނިކުތީ އަޅުގަނޑުމެން. ޔުނިފޯމްގައި ސިޔާސީ މީހުންނަށް ޖަވާބުދޭން ނުޖައްސަން."

އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ޔުނިފޯމްގައި ސިޔާސީ މީހުންނަށް ޖަވާބުދޭން ނުޖެއްސީ، ސިޔާސީ ނުކުރަންވެގެން ކަމަށެވެ. އަދި ސިފައިންގެއަކީ ޤައުމީ ސަލާމަތުގެ އެންމެ ފުރަތަމަ މުއައްސަސާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

https://x.com/aminadhis/status/1701914966679519622?s=20

އާޒިމާ ގޮވާލެއްވީ، ސިފައިންގެ މުއައްސަސާ ސިޔާސީ ނުކުރެއްވުމަށެވެ.

އާޒިމާ މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާއެކު، އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން އެބޭކަލުން ލައްވާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު