24 ގަޑިއިރަށްވުރެ އިތުރުވެއްޖެ؛ ރައީސް ޞާލިޙް، ޤާސިމް ދޫނުކުރެއްވި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޤާސިމް އިބްރާހިމްގެ ތާއީދު ހޯއްދެވުމަށް ރައީސް އިބްރަހިމް މުހައްމަދު ޞާލިޙް،  ޤާސިމްއާއެކު މަޝްވަރާ ކުރައްވާ އާދޭސް ދަންނަވާތާ 24 ގަޑިއިރަށްވުރެ އިތުރަށް ދެމިގެން ގޮސްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ރައީސް ޞާލިޙްގެ ވިސްނުންފުޅު ހުރީ، ޤާސިމް، ރައީސް ޞާލިޙްއާ ގުޅިވަޑައިގަންނަވައި އެއްބަސްވުމަކަށް އާދެވެންދެން، ޤާސިމުގެ އަރިހުގައި ހުންނެވުމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ޤާސިމް އާއި ރައީސް ޞާލިޙްގެ މަޝްވަރާތައް ކުރި ދެރޭ ހަތަރުދަން ހޭދަކޮށްފައިވާއިރު، މިއަދުގެ މިހާތަނަށް އަދިވެސް ރައީސް ޞާލިޙް ހުންނެވީ ޤާސިމު އަރިހުގައި ސަން އައިލެންޑްގައެވެ.

ޤާސިމް އާއި ރައީސް ޞާލިޙް މަޝްވަރާތަކުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އިންމަ) ބައިވެރިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

އަދި މިއަދު ހެނދުނު ޖޭޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ ޤާސިމް އަންގަވައިގެން ސަން އައިލެންޑަށް ވަޑައިގެންފައެވެ. އަދި މައުލޫމާތު ލިބޭގޮތުގައި ރައީސް ޞާލިޙް އަދިވެސް ގެންދަވަނީ ޤާސިމްއާ މަޝްވަރާކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ފަރާތުންވެސް ޓީމެއް ވަނީ ޤާސިމް އާއި ބައްދަލުކޮށްފައެވެ.

އެކަމަކު އަދިވެސް ކޯލިޝަން ހެދުމާމެދު ޤާސިމް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން  އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220651 އެވެ. އަދި ބާޠިލު 4835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86161 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.

1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގާސިމު ޗޯރުއިބޫއާއި ކޯލިޝަން ހަދާއިފިނަމަ ދިވެހިގައުމު ފުރަތަމަ ގާސިމާއިމެދު ދުއްގޮތަށް ވުރެވެސް ނިކަމެތިކޮއްދެކޭނެ ކަންހަދުމަކޮށް އަރުވަން ފުރަތަމަ ފަހަރު ކަންތަށް ވީގޮތް ހަދުމަކުރޭ ރާއްޖޭގެ ކަނޑުވިއްކާލި މައްސަލައިގާ ރާއްޖޭގެ ހުރިހާޕާޓީތަށް އެއްގަލަކަށް އެރިވަގުތު ގާސިމު ފުރަގަސް ދިނުމުގެ ނަތީޖާ ޕާޓީގެ22000މީހުން އެދެއްކީ ދެން ވިސްނާ

  2. ޤާސިމުވެސްމީހެއްގެހިތްހަލާކުނުކޮށް24ގަޑިއިރުވަިރުދޭނފެންނަޖަވާބެއްދެއްވަންޖެހެއެވެސަކުވާދިގުނުކޮށްޖަވާބެއްދޭންޖެހެއެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *