ކައުންސިލްތައް ހިންގުމަށް ފަހި ބަޖެޓެއް ދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވެއްޖެ

މުޢިއްޒުގެ ވެރިކަމުގައި ކައުންސިލްތައް ހިންގުމުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އެތޮޅުގެ ފެރިދޫއަށް ވަޑައިގެން ދެއްކެވި ވާހަަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ މިހާރުގެ ސަރުކާރުން ފުލްޓައިމްކޮށް ކައުންސިލްތަކަށް ހިންގުމާއި އަދި ކައުންސިލްތަކަށް އެހީތެރިކަން ދިނުން ނޯންނަކަމަށާއި، ނަމަވެސް ރައްޔިތުން ގާތުން މަސައްކަތްކުރާ ނިޒާމަކީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެއްބައިކަމުން، ސަރުކާރާއި ގުޅިގެން ލާމަރުކަޒީ ނިޒާމު ހިންގުމުން ބަޖެޓުގެ ފަހިކަމާއި އަދި އިިދާރި ގޮތުން ކުރަންޖެހޭ ކަންކަންވެސް ފަހިވާންޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ހަމަހަމަކަމާއި، އަދުލުވެރިކަމާއިއެކު އިންސާފުވެރިކަން ކަމަށާއި، ވަކި ރަށެއްގެ ރައްޔިތުންނަށް ވީތީ ވަކިގޮތެއް ނުހައްދަވާނެ ކަމަށާއި އެރަށެއްގެ އާބާދީއާއި، ތާރިހާއި އަދި ތަރައްގީގެ ކަންކަމަކީ އެކަންކަމާއި ގުޅިފައިވާ ކަންކަމަށް ވަތީ ވިިސްނުންތެރިކަމާއެކު އެކަންކަން ކުރައްވަން ޖެހެވަޑައިގަންނަވާ ކަމަށެވެ.

ފެރިދޫގައި ޒުވާނުންގެ ތަރައްގިއަށް ޓަކައި އެރަށުގައި ޔޫތު ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ރަށް ރަށުގެ އަސާސީ ކަމެއް ގޮތުގައި ރަށްގިރުން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމަަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ކައުންސިލްތައް މެދުވެރިކޮށް ޓޫރިޒަމްއިން ލިބޭ ގްރީން ޓެކްސް ލިބޭގޮތަށް ހައްދަވާ ދެއްވާނެ ކަމަށާއި، އޭގެން ކުނި މެނޭޖުކުރެވޭ ގޮތް ރަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރޭގައި ޕިކްނިކް އައިލެންޑެއް ހިމަނުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެކިރަށް ރަށުގައި އެކި ފެންވަރުގެ ހޮސްޕިޓަލްތަކާއި އަދި ސިއްހީނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެކިރަށްރަށުގައި އަޅަން ޖެހޭނީ އެކި ފެންވަރުގެ ހޮސްޕިޓަލް ތަށް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު