ދިވެހިންގެ ކުރިއެރުމާއި، މިނިވަންކަން ލިބިގެންދާނީ ޑިމޮކްރެސީއާ އެކު: ފުއާދު

ދިވެހިންގެ ކުރިއެރުމާއި، މިނިވަންކަން ލިބިގެންދާނީ ޑިމޮކްރެސީއާ އެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ، ޑިމޮކްރެސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވައި ދެއްވި ޚިޠާބުގައެވެ.

ފުއާދު ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުން ހޮވާ ބަޔަކު، ރައްޔިތުންނަށް ކޮށްދިނުން ކަމަށާއި ރާއްޖޭގައި މި ވަގުތު ވަނީ އެންމެ ތަހުޒީބު ޤައުމުތަކުގައި ވެސް އޮންނަ ފަދަ ޑިމޮކްރަސީ ވެރި ކަމެއް އައިސްފައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ 1932 ފެށިގެން ޑިމޮކްރަސީގެ އުސޫލްތައް ގެނެވޭތޯ މަސައްކަތް ކުރެވޭތޯ ގެންދާ ޤައުމެއް. މަޑުމަޑުން ނަމަވެސް 2008 ގައި މި ވަނީ ވަރަށް ބޮޑަށް ޑިމޮކްރެޓިކް އުސޫލްތައް އެކުލެވޭ ޤާނޫނު އަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިފައި."،

ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ރީތި ކަމަކީ ރައްޔިތުންގެ ފަރާތުން ހޮވާ ބަޔަކު ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުން ކަމަށާއި، ވެރިކަން ކުރާނީ މެޖޯރިޓީގައި ހޮވޭ ބައެއް ކަމަށް ވިޔަސް މައިނޯރިޓީ ނުވަތަ މަދު މީސްކޮޅާ ދޭތެރޭގައި ވެސް ވިސްނައިގެން އެ މީހުންނަށް ފަހިވާގޮތަށް ގިނަ ބަޔަކު އައްޔަން ކުރާ ވެރިކަމެއް ކުރެވިގެން ދިޔުން ކަމަށެވެ.

ޑިމޮކްރެސީގެ އުސޫލުތަކާއި ކަންތައްތައް އަށަގެންނެވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށާއި ކުރިއެރުމާއު އެންމެެންގެ މިނިވަންކަމާ ކުރިއެރުން ލިބިގެންދާނީ ޑިމޮކްރެސީއާ އެކުގައި ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު މިހެން ވިދާޅުވިއިރު، ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެސީ އައިފަހުން މިއަހަރު ރާއްޖޭގައި ބޭއްވިގެން މިދަނީ، ހަތަރުވަނަ ރިޔާސީ އިންތިޚާބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު