ރާއްޖޭގެ ސަލާމަތީ ޚިދުމަތުގައި މަަސައްކަތްކުރައްވާ ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކޮށް ދެއްވާނެކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިރޭ އާރޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުންނަށް މިހާރު ލިބެމުންދާ މުސާރައަކީ އެންމެ ރަނގަޅު މުސާރަކަމަށް ގަބޫލު ނުކުރާކަމަށެވެ. މިހާރު ލިބޭ މުސާރަ ދެގުނަ ކުރުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ މުއިއްޒު ވިދާޅުވީ މިކެމްޕޭންގައި މިހާތަނަށް އެއްވެސް މުވައްސަސާއެއްގެ އަދި އެއްވެސް ބައެއްގެ މުސާރައަށް ބަދަލެއް ގެންނަ ވާހަކަ ނުދައްކަވާ ކަމަށެވެ. ފުރަތަމަވެސް ސިފައިންނާއި ފުލުހުންގެ މުސާރައަށް ބޮޑު ކުރަން ނިންމީ ޤައުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރާ ފަރާތަކީ އެއީ ކަމަށް ވާތީކަމުގައި މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެގޭ މުސާރައަށް ބަދަލު ގެންނަނާ ނަމަ އެއީ ވަރަށް ބޮޑު ވާހަކައެއްކަން. އެކަން ކުރާނެ ގޮތެއް ކުރެވޭނެ ގޮތެއް ނޭގި އަޅުގަނޑު އެއްވެސް ވައުދެއް ނުވާނަން. އަޅުގަނޑުވާ ކޮންމެ ވައުދަކީ އަޅުގަނޑު ފުއްދާނެ އަދި ކޮށްދޭނެ ކަންކަމުގެ ވައުދު. އިރާދަ ކުރެއްވިޔާ މިކަން ކޮށްދޭނަން."
މުއިއްޒު ވިދާޅުވިއެވެ.
މާދަމާ ގައުމީ ދުވަސް ފާހަގަ ކުރާއިރު މީގެ 464 އަހަރު ކުރިން ބޮޑުތަކުރުފާނު ޕޯޗްގީޒުންނާއި ދެކޮޅަށް ކުރި ފަސް މަސައްކަތެއް މިއަދު ދިވެހިން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ކުރަންޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.