Saturday, 15 June 2024

ސަރުކާރުން ބޮޑު ވައްކަމެއް ކުރަން އެބަ ރާވާ: ސައީދު

ރައީސުން ޖުމްހޫރިއްޔާގެ އޮފީހުން އިންތިހާބާ ދިމާކޮށް ބޮޑު ވައްކަމެއް ކުރަން ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވުނު އިދިކޮޅު ކޯލިޝަނުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ރައީސް އޮފީހުން އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ 8،000 ވަރަކަށް މީހުން ވޯޓުލާ ރަށް ނޫން އެހެން ރަށްތަކަށް ރީރެޖިސްޓްރޭޝަން ހަދަމުންދާ ކަމަށެވެ.

"ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ވަރަށް ބޮޑު ވައްކަމެއް ހިންގަން އެބަ ރާވާ." ސައީދު ވިދާޅުވިއެވެ.

އެހެންވެ މުއިއްޒަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުން ވޯޓުއަޅުއްވަން ރަޖިސްޓްރީވެފައިވާތަން ބެއްލުވެމަށް ސައީދު ވަނީ އިލްތިމާސްކުރައްވައެވެ.

ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މުއިއްޒަށް ތާއީދުކުރައްވާ ބޭފުޅުންގެ ރީރަޖިސްޓްރޭޝަން ބަދަލުކުރައްވަމުން ގެންދާކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އަދި މުއިއްޒަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ކުރަންހުރި ހުރިހަ މަސައްކަތެއް ކުރަމުންވެސް އެބޭފުޅެއްގެ ރެޖިސްޓްރޭޝަން ހެދިފައިވާތަން ޗެކްކުރުމަށް އޭނާ ގޮވާލިއެވެ.

ސައީދު ވިދާޅުވީ އިންތިހާބުގައި ލިބުނު ނަތީޖާ އާއި ގުޅިގެން ރައީސް ސޯލިހު ރައްޔިތުން މަތިން ހަދާންވެސް ނެތް ކަމަށާއި ދަރުތ ުފަށާފައި ދިޔައީ ސަން އައިލެންޑަށް ގޮސް އެތަނުގައި ތިން ދުވަހު ހުރެފި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު