މިކަން ހާމަކުރައްވާފައިވަނީ، ނޫސްވެރިންނާ ބައްދަލުކުރައްވައި ރޭ ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަފުޅުގައެވެ.
ޙަސަން ލަތީފް ވިދާޅުވީ، ދެވަނަ ބުރުގައި، ޕީޕީއެމް/ޕީއެންސީ އާއެކު މަސައްކަތްކުރުމަށް އެއްބަސްވުމަކަށް އަދިވެސް ނާދެވޭ ކަމަށެވެ.
ޑިމޮކްރެޓުން ޕީޕީއެމް ކޯލިޝަނަށް ހުށައަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނާއެކު މަސައްކަތް ކުރެވޭނީ، މިކަމުގައި އެއްބަސްވުމުގައި ސޮއިކޮށްގެންކަމާއި، އެކަމަކު ޕީޕީއެމް ކޯލިޝަނުން އެކަމަށް ދެކޮޅުހަދާފައިކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ލަތީފް ރޭ ވިދާޅުވީ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީވެސް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ކަމަށެވެ.
ހަސަން ވިދާޅުވީ އެޕާޓީން ރަށްރަށަށް ކުރެއްވި ދަތުރު ތަކުގައިވެސް ރައްޔިތުންނާ އެ މަޝްވަރާތައް ކޮށްފައިވާނެ ކަމަށާއި، ފުރަތަމަ ކަމަކަށް ވެރިކަމަށް މި ކުރިމަތިލީވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކަމަށް ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށްވެސް އެކަން ކުރެވިދާނެ ކަމަށް، ހަސަން ލަތީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކޮންބަރުލަމާނިއެަްގާތަ.އަޅާގަނެގެންމިއުޅެނީ ހެޔޮނުވާނެ ތިނަސީދުމެނާ ކޯލިސަން ނަހަދާ