Saturday, 15 June 2024

ޕީޕީއެމްއަށް ގިނަ ބަޔަކު ސޮއިކޮށްފި

އިދިކޮޅު ޕީޕީއެމުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، ގިނަ ބަޔަކު ރޭ ސޮއިކޮށްފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރި ގަދަ ޖަލްސާގައި 300 އަށް ވުރެ ގިނަ މީހުން ޕީޕީއެމާ އަލަށް ގުޅުނު ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.

ރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ މެމްބަރު މުހައްމަދު އަހުމަދު ވެސް ހިމެނިވަޑައިގަންނަވައެވެ. ރޭ ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގައި ކުރިން އުޅުނު ގިނަ ބަޔަކު ހިމެނޭކަން އެ ޕާޓީން ހާމަކުރައްވައެވެ.

ޕީޕީއެމްގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި، ސިޔާސީ އެކި ފަރާތްތަކާއި، ފަންނީ ބޭފުޅުންނާއި، ސިވިލްސާވިސްގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ކުޅިވަރާއި ވިޔަފާރީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު