Thursday, 25 July 2024

ދެކުދިންގެ ބައްޕައަކަށް ކާޑިއެކް އެރެސްޓެއް ޖެހި ހޭނާރާތާ ހަފްތާއެއް، އެހީތެރިވެދެއްވާ!

ދެކުދިންގެ ބައްޕައަށް ކާޑިއެކް އެރެސްޓެއް ޖެހި ހޭނާރާތާ ހަފްތާއެއް ވެއްޖެއެވެ.

އެހެންކަމުން، އިންސާނިއްޔަތަށްޓަކައި، އެފަރާތަށް ދީލަތި ކަމުގެ އެހީއެއް ފޯރުކޮށްދެއްވުމަކީ "ފިޔަ އޮންލައިން" ޓީމުގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

ނ. މަނަދޫ ރައްޔިތެއްކަމަށްވާ، ޚާލިދު ޢަލީ (ޖޯން) އަށް، ސެޕްޓެންބަރު 7 ވަނަ ދުވަހު ކާޑިއެކް އެރެސްޓެއް ޖެހި ހޭނާރާތާ ހަފްތާއެއް ވެއްޖެއެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

އޭނާއަށް ފަރުވާ ދެމުން ދިޔަ ނަމަވެސް، އަދިވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ހޭވެސް ނާރާތީ، މަޢުލޫމާތު ލިބޭ ގޮތުގައި ޑޮކްޓަރުން ލަފާދެއްވަނީ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އޭނާގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަަށެވެ.

މިކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެތީއާއި، އޭނާގެ ޢާއިލާގެ ކިބައިގައި އެވަރުގެ ތަނަވަސް ކަމެއް ނެތުމުން، އޭނާއަށް ދީލަތި އެހީއެއް ވެދެއްވުމަށް އޭނާގެ އާއިލާގެ ފަރާތުން އެދިލައްވައެވެ.

މިކަމާ ގުޅިގެން، ނ. މަނަދޫއަށް އުފަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ކުރައްވާފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައިވެސް އޭނާއަށް އެހީތެރިކަމެއް ވެދެއްވުމަށް އެދިވަޑައިގެން ލިއުއްވާފައިވެއެވެ.

(18) mee alhuganduge thimaage meeheh…. – Dr. Ali Zahir bin Saeed Qasim | Facebook

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަހަރެމެންގެ ސަރުކާރު ކޮބައިތޯ؟ ރައްޔިތުންްނާއި ދޭތެރޭ އިންސާ ނިއޮޔަތު ބާއްވަވައި އަވަސް އެހީތެރި ވެދެއްވުން އެދެން.

  2. ސޮއި ކުރިޔަކަސް ވާނެ ކަމެއް ނެތޭ ގާސިމް ޕާޓީގަވެސް 22000 މީހުން ތިބި ކަމަށްވަނީ އެކަމަކު ލިބުނީ 5400ވޯޓު. ށޮއި ބޭނުމެއް ނެތް ވޯޓު ދެއްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު