11 ފެބުރުވަރީ 2026

އެހެން މުއައްސަސާތައް ހިމެނޭހެން، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރައްވާނެ ގޮތުގެ ތަފްޞީލެއް މުއިއްޒު ދެއްވައިފި

ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާތީ، މުސާރަ ބޮޑުކުރައްވާނެ ގޮތް އޮޅުން ފިލުއްވައިދެއްވަމުން މުއިއްޒު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށެވެ.

ރާއްޖޭގައި ހުރި އެންމެ ފަޚުރުވެރި ދެ މުއައްސަސާ އަކީ ފުލުހުންނާއި ސިފައިން ކަމަށާއި އެ ދެ މުއައްސަސާ ވާނީ އެއްވެސް ނުފޫޒެއްނެތި އަނބުރުވެރިކަމާއި މިނިވަންކަމާއި އެކު އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ އުޅޭ ޚިދުމަތްތެރިންނަށް ވާން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދެގުނަ މުސާރަ ބޮޑުކުރާނީ ފުރަތަމަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހުގައި ކަމަށާއި އެހެންކަމުން 5 އަހަރު ދުވަހުގެ ދައުރުތެރޭ އެކަން ކުރާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

އަދި 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑުކުރެވޭނެއެވެ. އަދި 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދެގުނައަކީ މިހާރު އޮންނަ ވަރު ޑަބަލް ވުން. ދެން އެކަން ކުރަން އަޅުގަނޑު ހުށަހަޅާ ގޮތަކީ އަޅުގަނޑުމެންނަށް އެގޭ ރާއްޖޭގެ އިޤްތިސާދު އޮތް ހާލަތު. އެ އިޤްތިސާދު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ. އެ އިޤްތިސާދު ނަގާ ކޮޅަށްޖަހާއިރު އެކަން ކުރެވޭ ގޮތަށް ކުރާނީ." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދެންހުރި ސެކްޓަރތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު