15 ޖަނަވަރީ 2025

އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުން: ޝެއިޚް ޝާފިޢު

އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، ހުރިހާ ގޮތަކުން ބަލާއިރުވެސް މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުން ކަމަށް ޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވީ، މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، ހުރިހާ ގޮތަކުން ބަލާއިރުވެސް މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުމެވެ."

ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.

ޝެއިޚް ޝާފިޢު އިތުރަށް ވިދާޅުވީ،  މޮޅު އިތުރީ އޭނާ އެކުޅަ އަނިޔާވެރި ޢަމަލާ މެދު ނިޔާކުރެއްވުން ﷲ އަށް ދޫކޮށްލައިގެން އެކަމާ ނޫޅެ ހުރުން ކަމަށެވެ.

"ހަމަކަށަވަރުން ﷲ ތަޢާލާއީ އަނިޔާވެރިކަމަށް ރުހިވޮޑިނުގަންނަވާ، އަނިޔާވެރިންނަށް އަނިޔާގެ ޖަޒާ އެންމެ ޢަދުލުވެރިގޮތުގައި ދެއްވާ އިލާހެވެ."

ޝެއިޙް ޝާފިޢު ވިދާޅުވިއެވެ.

ޝެއިޚް މީގެކުރިން ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންސާނާއަށް އެންމެބޮޑު އަސަރެއްކުރުވާ ބަޔަކީ އޭނާގެ އެކުވެރިންކަމަށް ވީހިނދު، އެކުވެރިންގެ ގޮތުގައި ރަނގަޅު މީހުން ދީންވެރިމީހުން އިޚްތިޔާރު ކުރުމަކީ އޭނާ ހަރުދަނާވެ ދީންވެރިވުމަށް ބާރުއަޅާ ކަމެެއް ކަމަށާއި، އަދި އެކުވެރީންގެ ގޮތުގައި ފާފަކުރާ ވިޔާނުދާ އެކުވެރިން އިޚްތިޔާރުކުރުމަކީ އެމީހުންގެ ގޮތަށް އޭނާ ބައްޓަންވެ މުޅި ޙަޔާތް ބަރުބާދުވެދާނޭ ކަމެެއް ކަމަށެވެ.
"އިންސާނާއަށް އެންމެބޮޑު އަސަރެއްކުރުވާ ބަޔަކީ އޭނާގެ އެކުވެރިންކަމަށް ވީހިނދު ، އެކުވެރިންގެ ގޮތުގައި ރަނގަޅު މީހުން ދީންވެރިމީހުން އިޚްތިޔާރު ކުރުމަކީ އޭނާ ހަރުދަނާވެ ދީންވެރިވުމަށް ބާރުއަޅާ ކަމެކެވެ. އަދި އެކުވެރީންގެ ގޮތުގައި ފާފަކުރާ ވިޔާނުދާ އެކުވެރިން އިޚްތިޔާރުކުރުމަކީ އެމީހުންގެ ގޮތަށް އޭނާ ބައްޓަންވެ މުޅި ޙަޔާތް ބަރުބާދުވެދާނޭ ކަމެކެވެ."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު