23 އެޕްރީލް 2025
ދަ ޑިމޮކްރެޓްސްގެ ގެ މެނިފެސްޓޯ ލޯންޗުކުރުން

ރީ-ރެޖިސްޓާރ ކުރަން ހުށަހަޅާފައިވާ ޢަދަދުތަކާމެދު ސުވާލު އުފެދޭ، ލިސްޓް ޢާންމުކުރޭ: ޑިމޮކްރެޓްސް

ރީ-ރެޖިސްޓާރ ކުރާން ހުށަހަޅާފައިވާ ޢަދަދުތަކާމެދު ސުވާލު އުފެދޭ ކަމަށާއި، ރީ-ރެޖިސްޓާރ ކުރާން ހުށަހަޅާފައިވާ މީހުންގެ ލިސްޓު ލަސްނުކޮށް ޢާންމުކުރުމަށް ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގޮވައިލައިފިއެވެ.

30 ސެޕްޓެންބަރު 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަ 25،000 މީހުން ރީ-ރެޖިސްޓަރކުރަން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައިވަނީ ފޯމް ހުށަހަޅާފައިވާ އަދަދަކީ، ސުވާލު އުފެދޭ ފަދަ ޢަދަދެއްކަމަށާއި، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ބޭނުންކޮށްފައިވާ މީހުންގެ ޢަދަދު ސިއްސައިގެންދާހާ މަދު ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަންއަށް ގޮވާލައްވާފައިވަނީ ރީ-ރެޖިސްޓާރ ކުރާން އެދި ހުށަހެޅި ހުށަހެޅުންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށެވެ.

ސަބަބެއް ކަމުގައި އެބަޔާނުގައި ވަނީ، ގަސްތުގައި ވޯޓުދިނުމުގެ ޙައްޤު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ނޫންކަން ޔަޤީން ކުރެއްވުމަށެވެ.

އަދި ޢާންމުންގެ ކަންބޮޑުވުންތަކަށް ތަސައްލީ ލިބިދިނުމަށާއި އިންތިޚާބާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތުމަށްޓަކައި ރީ-ރެޖިސްޓްރޭޝަނަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު ޢާންމުކުރުމަށްވެސް އެޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައިވެއެވެ.
އެ ޕާޓީގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން މިއިންތިޚާބުގައި ފެނިފައިވަނީ ދައުލަތުގެ މުދަލާއި، ވަސީލަތާއި، މުވައްޒަފުންނާއި، ފައިސާގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވާ ތަން ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އިން އިންތިޚާބު އޮބްޒާރވްކުރަން ވަޑައިގެންނެވި މިޝަން އިންވެސް އެކަން ފާހަގަކޮށްފައިވާ ކަމަށާއި، އަދި ދައުލަތުގެ މީޑިޔާގެ މިނިވަންކަމާއި އެހެން ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިޔާއިން ފުރުސަތު ފަހިވެފައިހުރި މިންވަރާއި، އަމިއްލަ ނޫސްމީޑިޔާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒާއި ބާރުވެރިކަން ފޯރުވާ މިންވަރާމެދުވެސް އެ މިޝަންއިން ކަންބޮޑުުވުން ފާޅުކޮށްފައިވާ ކަމަށާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވެސް ހާމަކޮށްފައިވަނީ މިފަދަ ކަންބޮޑުވުންތައް ކަން އެ ބަޔާނުގައިވެއެވެ.

މިމައްސަލަތައް އިދިކޮޅުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ތަޙްޤީޤީ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަންއަށް ގޮވާލައްވާފައިވަނީ، އިންތިޚާބުގެ މިނިވަންކަމާއި، ސައްޙަކަން ކަށަވަރުކުރުމަށާއި، އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ވޯޓުގެ ޙައްޤު ކަށަވަރުކުރުމަށާއި، ސަލާމަތްތެރިކަމާއެކު ރައްކާކޮށްދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު