ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަރުލަމާނީ ޤަރާރު އަވަސްކުރަން އެމްޑީޕީން އެއްބަސްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ އެ ޤަރާރުގެ މަސައްކަތް އަވަސް ކުރަން ޑިމޮކްރެޓުންގެ ޕީީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެކަމާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އަދި އެ މަޝްވަރާތަކަށް ފަހު އެ ޤަރާރުގެ މަސައްކަތް އަވަސްކުރަން އަސްލަމް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހަށް ޤަރާރެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ހުށަހަޅުއްވާފައެވެ. އެ ގަރާރުގައިވާ ގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.
2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގުނު ރައްޔިތުން ހިޔާލު ހޯދުމުގެ އާންމު ވޯޓުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ފާސްކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އިލްޔާސްގެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.
ނަޝީދު އިސްވެ ހުންނަވައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މީގެ ކުރިން އެތަކެއް ފަހަރަކު ގޮވާލި ނަމަވެސް މި ސަރުކާރުން ވެސް އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޮޚ ބޮލުރޮދި ކެނޑިފަތަ 2017 އެއް ނޫނޭ 2007
ޮޚޮޚޮޚޮޚޮޚޮޚޮޚޮޚޮޚ ބޮލުރޮދި ކެނޑިފަތަ 2017 އެއް ނޫނޭ 2007