މޮބައިލް، އިންޓަނެޓް ބޭކިންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބީއެމްއެލްއިން ފީޗާއެއް ތަޢާރަފްކޮށްފި

ބީއެމްއެލްގެ އިންޓަނެޓި ބޭންކިން އާއި މޮބައިލް ބޭންކިންގެ ސެކިއުރިޓީ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ޑިވައިސް މެނޭޖްމަންޓު ފީޗާއެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިއީ ސްކޭމްތަކުން ރައްކާތެރިވުމަށް އެހީވެދޭނެ ފީޗާއެއް ކަމަށެވެ.

މި ފީޗާއާއެކު އެކްޓިވް ސެޝަންތައް މޮނިޓަރކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. މި ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލައި، ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ލޮގްއައުޓް ކުރެވޭނެ ކަމަށާއި، މި ފީޗާއިން ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަނާއި ޑިވައިސް ބެލޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.

"މި ފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ މުހިންމު ފީޗާތަކަކީ ސެކިއުރިޓީ ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކެއް. އަދި މި ބަދަލުތަކާ އެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބޭނެ،"

ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރުކުރުމަށް އެ ބޭންކުން ކެނޑެނޭޅި މަސައްކަތްކުރާ ކަމަށެވެ.

ބީއެމްއެލްއިން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ސެކިއުރިޓީ ޔަގީންކޮށް، ސްކޭމްތަކުން ރައްކާތެރިކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރަށް އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް’އެއް ތައާރަފްކޮށްފަ އެވެ.

މީގެއިތުރުން އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ލޮގިންއަށް ޓޫ ފެކްޓާ އޮތަންޓިކޭޝަން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ އިތުރުން ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ކަސްޓަމަރަށް އެލާޓުކޮށް ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް އޯޓީޕީ ވެސް ވަނީ އިތުރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު