ސިވިލް ކޯޓުގެ އިސްގާޒީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ރޭ ދަންވަރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަރާ ގުޅޭ ގޮތުން އަދި ތަފްސީލެއް ނުލިބޭތީ އެކަށް ކަށަވަރެއް ނޫނެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ މެއި މަހުގައެވެ. ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މާޗް މަހުއެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު