18 ޖަނަވަރީ 2025
މުއިއްޒު ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް

އެކުލަވާލާނީ ޓެކްނިކަލް މީހުން ހިމެނޭ، ހިންގުންތެރި، ތަޢުލީމީ، ޤާބިލް ކެބިނެޓެއް: މުއިއްޒު

ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެކުލަވާލާނީ ޓެކްނިކަލް މީހުން ހިމެނޭ، ހިންގުންތެރި، ތަޢުލީމީ އަދި ޤާބިލު ކެބިނެޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ "ސަންގު" ޓީވީ އާއި "ޗެނަލް 13″ ގުޅިގެން ދެއްކި "އާސްކު މުއިއްޒު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށާއި ކެބިނެޓުގައި ތިއްބަވާނީ އެ ދާއިރާއަކުން ތަޖުރިބާހުރި ފަންނީ، ހިންގުންތެރި ބޭފުޅުން ކަމަށެވެ.

ތައުލީމީ ދާއިރާގައިވެސް ހަމަޖައްސާނީ އެދާއިރާއިން ތައުލީމު ހާސިލްކޮށްގެން ހުރި ހީވާގިކަމާއެކު މަސައްކަތްކުރާނެ އިޚުލާސްތެރި ބޭފުޅެއް ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، ތައުލީމީ ނިޒާމު ވަރުގަދަކޮށް އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ގެރެންޓީ އޮތް ބޭފުޅަކަށް ކެބިނެޓުގައި އިންނަވާ ބޭފުޅާ ވާން ޖެހޭނެ ކަމަށާއި އަދި އެކަމަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

"ކެބިނެޓަކަށް ލާ ބޭފުޅަކު ވާންޖެހޭނީ ހިންގުންތެރި، ހީވާގި، ޓެކްނިކަލީ އެދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅަކަށް. ރައްޔިތުން ފަޚުރުވެރިވާ ކެބިނެޓެއް އިރާދަކުރެއްވިއްޔާ އެކުލަވާލާނަން."

މުއިއްޒު ވިދާޅުވިއެވެ.

މިނިވަން ތަޖުރިބާހުރި ކެބިނެޓެއް އެކުލަވާލަންޖެހޭ ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން ރައްޔިތުންނަށް ނަތީޖާ ދައްކައިދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވީ، ވަކި މީހަކު ބުނާ މީހަކު ލައިގެން، ކަންތައް ނުކުރައްވާނެ ކަމަށާއި، ސީރިޔަސްކަމާއެކީ ޙަޤީޤީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދެއްވާނެ ކަމަށެވެ. މުއިއްޒު އެގޮތަށް ވިދާޅުވި އިރު، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، އެޑިއުކޭޝަން މިނިސްޓްރީ ޖަމިއްޔަތުއް ސަލަފް އާ ހަވާލު ކުރަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފަތުރައިފައެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ގޭންގްތަކުގެ ބާރު ގަދަ ކުރާނެ ކަމަށް ބުނެ އަޑު ފަތުރާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު