Thursday, 25 July 2024

ދެވަނަ ބުރުގެ ވޯޓު ފޮށީގެ ޢަދަދަށް އަދި ބަހައްޓާ ތަންތަނަށް ބަދަލުތަކެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު ވޯޓުފޮށި ބެހެއްޓުމަށާއި، ބައެއް ވޯޓު ފޮށިތައް ބަހައްޓާ ތަންތަނަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެންނަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ ތެރެއިން 29 ވޯޓު ފޮއްޓެއް ބަހައްޓާ ތަނަށް ދެވަނަ ބުރުގައި ބަދަލު ގެންނަވާފައިވާކަމަށެވެ. އަދި ދެވަނަ ބުރުގައި އިތުރު ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. ނަމަވެސް އަލަށް ނުވަތަ އިތުރު ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނަަށް ބައެއް ބަދަލު ގެންނެވީ ބައެއް މަރުޒުތަކުގައި އެކަށީގެންވާ ޖަގާ ނެތުމުގެ ސަބަބުންކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ގެންނެވި ބަދަލު އިލެކްޝަންސް ކޮމިޝަނުން މިހާރު އެކޮމިޝަންގެ ޓްވިޓާގައާއި، ސަރުކާރުގެ ގެޒެޓުގައި ޢާންމުކުރައްވާފައެވެ. މިއާއެކު ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރުމުން އެފޮށިތަކަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެމީހަކު ވޯޓްލުމަށް ހާއްސަކޮށްފައިވާ ފޮށި ބަދަލުވިކަން ލިސްޓުން ފެންނަން އޮންނާނެކަމަށެވެ،

އިންތިހާބުގެ ދެވަނަ ބުރުގައި ބަހައްޓާ 29 ވޯޓް ފޮށްޓެއް ބަހައްޓާ ތަންތަނަށް ބަދަލު ގެންނަވާފައިވާއިރު، އޭގެތެރޭގައި ބައެއް ސިޓީތައްވެސް ހިމެނެއެވެ. އަދި މާލޭގައި ވޯޓު ފޮށި ބަހައްޓާ ތަންތަނަށްވެސް ބަދަލު ގެންނަވާފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިގޮތައް ބަދަލު ގެންނެވީ އެކަށީގެންވާ ޖާގަ ނެތް މަރުކަޒުތަކަށާއި، ވޯޓްލާއިރު ކިއުގައި މީހުން މަޑުކޮށްގެން ތިބޭއިރުއާ ފޮޓޯ ވީޑިއޯ ނަގުމަށް ޖާގަ ނެތް ބައެއްތަންތަނަށްކަމަށާއި، އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު އަދި ފައިނަލް ނުވާކަމަށެވެ.

އެ ކޮމިޝަނުން ވަނީ އިތުރުވާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު