Thursday, 18 April 2024

ޑިމޮކްރަޓްސް، ޢުމަރު، އަދި ފާރިސްއަށް ވޯޓް ދެއްވި ރައްޔިތުން މުޢިއްޒުއަށް ވޯޓުދެއްވުމަށް ޝަހީމް އެދިވަޑައިގެންފި

ޑިމޮކްރަޓްސް، ޢުމަރު، އަދި ފާރިސްއަށް ވޯޓް ދެއްވި ރައްޔިތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުއަށް ވޯޓުދެއްވުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރަޓްސް، ޢުމަރު، ފާރިސް އަށް ވޯޓް ދެއްވި ރައްޔިތުން، ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ސިޔާދަތު ކަށަވަރުކޮށް ކޮރަޕްޝަން ނައްތާލައި އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކުރާނެ ސަރުކާރެއް ޤާއިމުކުރުމަށް، ޑރ. މުޢިއްޒަށް ވޯޓް ދެއްވުމަށް ނުހަނު އިހުތިރާމާ އެކު އެދި ވަޑައިގަންނަވާ ކަމަށެވެ.

"ޑިމޮކްރަޓްސް/ ޢުމަރު/ ފާރިސް އަށް ވޯޓް ދެއްވި ރައްޔިތުން، ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ސިޔާދަތު ކަށަވަރުކޮށް ކޮރަޕްޝަން ނައްތާލައި އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކުރާނެ ސަރުކާރެއް ޤާއިމުކުރުމަށް، ޑރ. މުޢިއްޒަށް ވޯޓް ދެއްވުމަށް ނުހަނު އިހުތިރާމާ އެކު އެދެން."

ޑރ. ޝަހީމް ވިދާޅުވިއެވެ.

\https://x.com/Mohamedshaheem1/status/1704928874914824530?s=20

އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ޑރ. މުޢިއްޒުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވަަމުންނެވެ.

އެމަނިކުފާނު މީގެ ކުރިން ވަނީ، މިނިވަން އިންސާފުވެރި ނަޒާހަތްތެރި އިންތިޚާބެއް ކަށަވަރު ކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *